އެމެރިކާގެ ވައިޓް ހައުސް

ގުދުސް އަކީ އިޒްރާއީލުގެ ވެރިރަށް ކަމުގައި ބަލައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމި ނިންމުމުގެ ސަބަބުން ސުލްހަ ގާއިމް ކުރުމުގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ވައިޓް ހައުސްގެ އޮފިޝަލުންތަކެއް ބުނެފިއެވެ.

ސީއެންއެން އިން ރިޕޯޓު ކުރި ގޮތުގައި، މި އޮފިޝަލުން ވިދާޅުވީ ގުދުސް އިޒްރާއީލުގެ ވެރިރަށް ކަމުގައި ބަލައިގަންނަން ނިންމި ނިންމުމާ ގުޅޭ ގޮތުން އަދި ޓްރަމްޕް ފަލަސްތީނުގެ އޮފިޝަލުންނާއި ވާހަކައެއް ނުދައްކައެވެ.

"ވަރަށް ގިނަ މީހުން މި ނިންމުމާ މެދު ވިސްނި، ނިންމުމުގެ ސަބަބުން ސުލްގައިގެ މަސައްކަތައް ހުރަސްނޭޅޭ ގޮތައް މިކަން ކުރާނީ ކިހިނެއްކަން ހޯދުމަށް" އޭނާ ވަނީ އެ މަސައްކަތައް ހުރަސް އެޅިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައި އެ އެކަން މާ ގިނަ ދުވަހަކު ދިގުލައިގެން ނުދާނެ ކަމަށް ބުނެފައެވެ.

"އަހަރެމެންނަށް އެނގޭ، މިކަމުގެ ސަބަބުން ވަގުތީ ގޮތުން އަސަރު ކުރާނެ ކަން. އެކަމަކު މަސްތުަގުބަލުގައި މި ނިންމުމުގެ ސަބަބުން ފައިދާ ކުރާނެ" އޭނާ ބުންޏެވެ.

ގުދުސް އަކީ އިޒްރާއީލުގެ ވެރިރަށްކަމުގައި ބަލައިގަންނަން ޓްރަމްޕު ނިންމީ ރޭގެ ވަގުތެއްގައެވެ. ރޭ ނިންމި ނިންމުމާ ގުޅިގެން، ރުޅިވެރިކަމުގެ ތިން ދުވަސް ފަލަސްތީނުން އިއުލާންކޮށްފައިވާއިރު، އިޒްރާއީލުގެ އަނިޔާވެރިކަން އެންމެ ގަދައަށް ތަހަންމަލުކުރަމުންދާ ގާޒާގައި ވަނީ މުޒާހާރާ ފަށާފައެވެ.

ADS BY SHEESHA

އަދި ހަމައެހެންމެ، އެހެން ބައެއް ޤައުމުތަކުގައި ހުންނަ އެމެރިކާގެ އެމްބަސީތަކުގެ ކައިރީގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާ ވެސް ވަނީ ފަށާފައެވެ.

ADS BY ASTERS

Comments are closed.