އެމެރިކާގެ ކެލިފޯނިއާ އާއި އޮރެގަން ގުޅޭ ބޯޑަރު ކައިރިއަށް އަލިފާނުން އުފެދިފައިވާ ބޮޑު ނަގޫރޯޅިއެއް އަރައިފިއެވެ.

ހޫނު ގަދަވުމުގެ ސަބަބުން މިހާރު ވެސް ކެލިފޯނިއާގެ ޖަންގަލީގެ ވަރަށް ގިނަ ސަރަހައްދުތަކެއްގައި ވަނީ އަލިފާން ރޯވެފައެވެ. ނަގޫރޯޅި އެރީ ވެސް އަލިފާން އަލިފާން ރޯވެ އަނދަމުންދާ ސަރަހައްދަމުންނެވެ.

އެމެރިކާގެ ފޮރެސްޓް ސާވިސް އިން ބުނީ އަލިފާނުން އުފެދުނު ނަގޫރޯޅި 30 ވަރަކަށް މިނެޓް ވަންދެން ހުރި ކަމަށެވެ. ނަގޫރޯޅިގެ ސަބަބުން ވަރަށް އަވަހަށް އަލިފާންގަނޑު ފެތުރިގެން ގޮސްފައި ވެއެވެ. ނަމަވެސް ނަގޫރޯޅީގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އެމެރިކާގެ ބައެއް ސަރަހައްދުތަކުން އަލިފާނުން އުފެދިފައިވާ ނަގޫރޯޅިތައް މީގެ ކުރިން ވެސް އަރާފައި ވެއެވެ. 2016 ވަނަ އަހަރު ކެލިފޯނިއާ އަށް ވެސް މިފަދަ ދެނަގޫރޯޅިއެއް އެރިއެވެ. އަދި 2018 ވަނަ އަހަރު ވެސް އެމެރިކާގެ ސަރަހައްދަކަށް މިފަދަ ނަގޫރޯޅިއެއް އެރިއެވެ.

ކެލިފޯނިއާގައި މިހާރު ރޯވެފައިވާ އަލިފާންގަނޑު ވަނީ 10000 އޭކަރުގެ ސަރަހައްދަކަށް ފެތުރިފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް މެދުކެނޑުމެއްނެތި 24 ގަޑިއިރު ކުރަމުން ގެންދިޔަ ނަމަވެސް ވައި ގަދަވުމުގެ ސަބަބުންނާއި ހޫނު ގަދަވުމުގެ ސަބަބުން އަލިފާންގަނޑު ކޮންޓްރޯލް ކުރަން ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ކެލިފޯނިއާގެ މޭޔަރު ބުރާސްފަތި ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވޭނަމަ ކެލިފޯނިއާ ފަދަ ސްޓޭޓްތަކަށް ކުރިއަށް އޮތް މުސްތަގުބަލްގައި ވެސް މިފަދަ ނުރައްކާތައް ކުރިމަތިވުމުން އާއްމު ކަމަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ﷲގެ އަޅާ

    ﷲގެ މަގަށް ރުޖޫޢަވެ ވަގުތު ފާއިތު ނުވަނީސް ތައުބާވެލައްވާ މުސްލުމުންނޭ.

    32