ޖައްމު އާއި ކަޝްމީރް ޓެރިޓަރީގެ ސިޓީއެއް ކަމަށްވާ ދިރިނަގަރްގެ އެއާޕޯޓަށް ރޭގަނޑު ފްލައިޓުތައް ޖެއްސޭގޮތަށް ހެދުމަށް މަޝްވަރާކޮށްފިއެވެ.

ޔޫނިއަން ހޯމް ސެކްރެޓަރީ އަޖޭ ކުމާރް މިދިޔަ ބުދަ ދުވަހު ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައި ވަނީ ރޭގަނޑުގެ ވަގުތު ވައިގެ ދަތުރުތައް ކުމުގެ ގާބިލުކަން ހުރި މިންވަރާއި، އެފަދަ އިންތިޒާމްތައް ހަމަޖެއްސެން ހުރި ގޮތަށް އަލިއަޅުވާލައި މަޝްވަރާކޮށްފައެވެ.

ޖައްމު އާއި ކަޝްމީރުގެ ޗީފް ސެކްރެޓަރީ، ޑރ އަރުުން ކުމާރް މެހްތާ އަންގާފައިވަނީ ސްރިނިގަރް އެއާޕޯޓު ރޭގަނޑަށް ފަސޭހައިން ފާޅުވާނެހެން ލައިޓްތަކުގެ ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށެވެ.

"ޖައްމު އެއާޕޯޓުގެ އެއާ ސްޓްރިޕް މަރާމާތުކުރުމުގެ މަސައްކަތްތަކެއް މި ހަފްތާތެރޭގައި ނިމިގެންދާނެ. އޭގެ ތެރޭގައި ލައިޓްތަކުގެ ޕްރޮޖެކްޓް ވެސް ހިމެނޭނެ. މަސައްކަތް ނިމުމުން މި މަސް ނިމުމުގެ ކުރިން ރޭގަނޑުގެ ފްލައިޓުތައް ޖައްމު އެއާޕޯޓުގައި އޮޕެރޭޓް ކުރެވޭ ވަރު ވެގެންދާނެ" އޭނާ ވިދާޅުވިއެވެ.

އެ އެއާޕޯޓުގައި މިހާރު އިންޓަނޭޝަނަލް ދަތުރުތައް ކުރަމުންގެންދަނީ ހަމައެކަނި ހައްޖުވެރިންނަށެވެ. އޭގެ ބަދަލުގައި މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ރާވާފައިވަނީ ސްރިނިގަރް އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް ކުރަމުން ގެންދިޔުމަށެެވެ.

މިހާރު މާރުކޭޓުތަކަށް މުދާ ގެނައުމުގައި ދަތުރުތައް ކުރަމުންދާ އަވަސްމިނަށް ބަލައި، ސިވިލް އޭވިއޭޝަނުން ލަފާކޮށްފައިވަނީ މި ނިންމުންތަކުގެ ސަބަބުން ދަނޑުވެރިންނާއި ވިޔަފާރިވެރިންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. ވައިގެ މަގުން މުދާ ފޮނުވުމަށް ހާއްސަކޮށް އެ ސަރަހައްދުގެ ދަނޑުވެރިންނަށް ސަބްސިޑީއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.