ތަޖިކިސްތާނަށް ބިންހެލުމެއް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މިއަދު ހެނދުނު ތަޖިކިސްތާނަށް 5.9 މެގްނިޓިއުުޑް ބާރުމިނުގައި ބިންހެލުން އައިސްފައި ވަނީ ރަޝްޓް ޑިސްޓްރިކްޓްގެ 17 މޭލު އުތުރަށެވެ.

ބިންހެލުމުގެ ސަބަބުން އެގައުމުގެ ވެރިކަންކުރާ ޑުޝަންބެއަށް ވެސް ލޮޅުން އައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ތަޖިކިސްތާނުގެ އެމާޖެންސީ ސިޓުއޭޝަން ކޮމިޓީއިން މައުލޫމާތު ދީފައިވާގޮތުން ބިންހެލުމުގެ ސަބަބުން 12 ވަރަކަށް އިމާރާތަށް ގެއްލުން ވެފައިވެއެވެ. މި ހާދިސާގައި ތަޖިކްއާބާދްގެ ތިން ވިލެޖެއްގެ ކަރަންޓު ވަޔަރުތަކަށް ވަނީ ގެއްލުން ވެފައެވެ. އަދި މި ހާާދިސާގައި ފަސް މީހަކު ވަނީ މަރުވެފައެވެ.

އެ ކޮމިޓީއިން ހާމަކޮށްފައިވާ ގޮތުން ބިންހެލުން އައިސްފައި ވަނީ މިއަދު ހެނދުނު 7:14 ހާއިރުއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް އެގައުމަށް ބިންހެލުމެއް އައިސްފައިވާ ރިޕޯޓު ކޮށްފައިވެއެވެ. 4.1 މެގްނިޓިއުޑް ބާރުމިނުގައި ބުރާސްފަތި ދުވަހު ބިންހެލުން އައިސްފައި ވަނީ ފަތިހު 4:22 ގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުން ބުރާސްފަތި ދުވަހު އައި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަަކަށް އަނިޔާވެފައެއް ނުވެއެވެ. އަދި އިމާރާތަކަށް ގެއްލުން ވެފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައެއް ނުވެއެވެ.