އިންސާނުންގެ ބޮޑުކަމުދާ ތަކެތިން ތަފާތު ބޭނުންތައް ކުރަމުން އަންނަ ގައުމުތައް ދުނިޔޭގައި އެބަ ތިއްބެވެ. އެގޮތުން ދެކުނު ކޮރެއާއަކީ ވެސް މިހާރު އެފަދަ ގޮތަކަށް އެތަކެތިން އިންސާނުންނަށް ފައިދާ ކުރާނެ ތަކެތި ކަމަށް ވަނީ ހަދާފައެވެ. އެގައުމުގައި މިހާރު ބޮޑުކަމުދާ ތަކެތި ވެފައިވަނީ "ޖަވާހިރަށެވެ"

އެގޮތުން އެގައުމުގެ ޔުނިވާސިޓިއެއްގެ ފާހަނާއަށް ބޮޑުކަމުގެ ގޮސްގެން އެތަނުން ކޮފީ، ދޮންކެޔޮ ގަނެވޭނެ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ. އެއީ އެގޮތަށް ކަންތައް ކުރުމުން ފައިސާ ލިބޭނެތީއެވެ. އެގައުމުގައި އެފަދަ ތަކެތި ބޭނުން ކުރަމުން އަންނަނީ އިމާރާތްތަކަށް ކަރަންޓު ނެގުމަށެވެ.

އަލްސަން ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕްރެފެސަރެއް ކަމަށްވާ ޗޯ ޖޭވޯން ވަނީ އެތަނުގައި ތިމާވެއްޓާއި ގާތް ފާހަނާއެއް އުފައްދާފައެވެ. އެ ފާހަނާ އަކީ ބަޔޯ ގޭސް އުފެއްދުމަށް ލެބޯޓްރީއަކާއި ގުޅާލާފައިވާ ފާހަނާއެވެ.

"ބީވީ ޓޮއިލެޓް" ގެ ނަމުން ނަން ދީފައިވާ އެ ފާހަނާއަށް ކުރާ ބޮޑު ކަމު ތަކެތިން 'މީތޭން" ގޭސް އުފައްދައިދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެގޭހުން އިންސާނާގެ ދިރިއުޅުމުގައި ބޭނުން ކުރާ ބައެއް ކަހަލަ ކަރަންޓު ސާމަނަށް ކަރަންޓު ދެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ ބުނީ، ދުވާލެއްގެ މައްޗަށް އިންސާނަކު 500 ގްރާމްގެ ބޮޑު ކަމުދާ ތަކެތި ބޭރު ކުރާ ކަމަށާއި އޭގެއިން 50 ލީޓަރުގެ މީތޭން ގޭސް އުފެއްދޭނެ ކަމަށެވެ. އަދި އެ ގޭހުން 0.5 ކިލޯވޯޓުގެ ކަރަންޓު އުފެއްދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަުއާން

    ރާއްޖެއަށް ތިފަދަ ފާޚާނާ ވަރައް ބޭނުންތެރި. ކޮންމެ ޕާލިމަންޓު މެމްބަރެއްގެ ގޭގައި ތިކަހަލަ ފާޚާނާއެއް ސަރުކާރުން ހަދާދޭންވީ. އަދި އެފާޚާނާތަކުގެ ނަޖިހުން ހެދޭ ކަރަންތު ދިވެހިރައްޔިތުންނައް ހިލޭދޭންވީ.

    40
    3
  2. ރާވިއްކާގާސިމް

    ޑރ އިޔާޒުއަށް މިކަހަލަ ފާހަނައެއް ހަދަންވީ. އޭރުން ދެން ސްޓެލްކޯގެ ބޭނުމެއް ނުޖެހޭނެ

    7
    10
  3. މަ

    ތިޔަ މީހުން ކޮށްފާނެ ކޮންމެ ފަދަ ކަމެއްވެސް.

    2
    2
  4. ސަރީ

    ސަޅި ބުނުމެއް