ޗައިނާގެ ވެރިކަން ކުރާ ބެއިޖިންގް ސިޓީއަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހެމުންދާތީ އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކޮށް، ސުކޫލުތައް ބަންދު ކޮށްފިއެވެ.

މި އަހަރު ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމަށް ބުނެ އެ ގައުމުގެ އިދާރާތަކުން އެދެނީ ރައްޔިތުން ގެއިން ނުނިކުމެ ގޭގައި މަޑުކޮށްލުމަށެވެ.

މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ގޮތުން ބައެއް ސަރަހައްދުތަކަށް ދުވަސް ނިމޭ އިރު 100 މިލިމީޓަރުގެ ވާރޭ ރިކޯޑު ކުރެވިގެން ދާނެއެވެ. އޭވިއޭޝަން ޓްރެކާތަކުން ދައްކާގޮތުން އެ ސިޓީގެ ދެ އެއާޕޯޓަކުން 700 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ވެފައިވެއެވެ. މޫސުމާ ބެހޭ އިދާރާތަކުން ވަނީ ބެއިޖިންގް އާއި އެ ސިޓީއާއި ކައިރި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާއި ވިދާނެ ކަމަށް ލަފާކޮށް އިންޒާރެއް ނެރެފައެވެ.

ސިޓީގެ ދެކުނގެ ސަރަހައްދެއްގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށް ބުނެ ރިޕޯޓު ކޮށްފައިވެއެވެ. މީޑިއާތަކުން ހިއްސާ ކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، ގާތަކަކުން މަގު ބެދިފައިވާ މަންޒަރު ފެނެއެވެ. އެ ސްޓޭޓުގެ ޓީވީތަކުން ރިޕޯޓު ކޮށްފައިވާ މަގުބެދިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ލަސްވަނީ ބޯކޮށް ވާރޭ ވެެހެމުން ދާތީއެވެ.

ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ބައެއް ސަރަހައްދުތައް ވެސް ވަނީ ބަންދުކޮށްފައެވެ. އެ ސްޓޭޓުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އޮޓޯއިން ދުއްވަމުންދިޔަ ޓްރެއިންތައް ދެން ދުއްވާނީ މެނުއަލް ކޮށެވެ.

މޫސުމާ ބެހޭ އިދާރާތަކުން ރިޕޯޓު ކޮށްފައިވާގޮތުން 14 ކޯރެއް ފުރި ބަންޑުން ވެދާނެ ކަމަށް ލަފާކޮށްފައިވެއެވެ. ކޯރުތައް ފުރުމަކީ ޗައިނާގައި ވިއްސާރަ މޫސުމަށް އާންމު ކަމެކެވެ.

ގަދަ ވިއްސާރައިގެ އަސަރު ޓިއަންޖިން ސިޓީއަށް ވެސް ކޮށްފައިވެއެވެ. ވީޑިއޯ ކްލިޕްތަކުން އެ ސިޓީގެ މަގުތަކުގައި ފެންބޮޑުވެ، އުޑުމަތި ބަނަވެ ވިދުންތައް ފެންނަން ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު