އިސްރާއީލުން ޣައްޒާއަށް ބަޑީގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އިސްރާއީލުގެ ސިފައިން މި ހަމަލާތައް ދޭން ފަށާފައިވަނީ އެގައުމުގެ ސިފައިންގެ ހިމާޔަތުގައި ބަޔަކު އެގައުމުގެ ޣައްޒާގެ އަލްއަގްސާ މިސްކިތަށް ވެސް ވަދެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޖުމްލަ އިސްރާއީލުގެ 66 މީހަކު ޣަގްސާ މިސްކިތަށް ވަދެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވެއެވެ. އެހެން ނަމަވެސް އެމީހުން ވަދެފައިވަނީ ކޮންކަމަކާއި ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އިސްރާއީލް ސިފައިން ބަޑިން ހަމަލާދީފައިވަނީ ރަފާހު ގައި ހަރަކާތްތެރިވަމުން އަންނަ ފަލަސްތީނުގެ ދަނޑުވެރިކަން ކުރާ މީހުންނަށާއި ބަކަރި ހުއިހައްޕާ މީހުންނަށެވެ. އެހެން ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކު ނިޔާވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އިސްރާއީލުން ގެންދަނީ މެއި މަސް ފެށުނު ފަހުން ދޭތެރެ ދޭތެރެއިން ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ.