ޖަރުމަންވިލާތަށް ކުރި ވިއްސާރާގައި 20 މީހަކު މަރުވެއްޖެއެވެ.

އެގައުމަށް ކުރި ވިއްސާރާގައި 20 މީހަކު މަރުވެފައިވާއިރު، އެތައް ބަޔަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ވެސް އެގައުމުން ވަނީ ހާމަ ކޮށްފައެވެ.

މީގެ އިތުރުން އެގައުމުގެ އަވަށެއް ކަމަށްވާ ރައިންލޭންޑް-ޕަލަޓިނޭޓް އަވަށުގެ ހަތަރު ގެއެއް މި ވިއްސާރައިގެ ސަބަބުން އެއްކޮށް ސުންނާފަތި ވެފައިވާ ކަމަށް ވެސް އެގައުމުން ވަނީ ހާމަ ކޮށްފައެވެ.

އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނީ، އެގައުމަށް ކުރި ވިއްސާރާގައި ބޯކޮށް ވާރޭވެހި، ޗަކަ ފެން ހެދި ކޯރަކަށް ބަދަލުވެގެން ދިޔަ ކަމަށެވެ. އަދި އެއީ އެސަރަހައްދުގެ ގެތައް ސުންނާފަތި ވެގެން ދިޔަ ކަން ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެގައުމަށް ކުރި ވިއްސާރާއިގެ ވީޑިއޯ މީސްމީޑިއާގައި އާއްމުވެފައިވާއިރު، ބައެއް ވީޑިއޯތަކުން ފެނިގެން ދަނީ ކާރުތަކާއި އެކި ކަހަލަ ވެހިކަލްތައް ފެންބޮޑުވުމާއި އެކީ ބެހިގެން ދާ މަންޒަރެވެ.

މި ވިއްސާރައިގެ ސަބަބުން އެގައުމުގެ ގިނަ ބަޔަކަށް ގެއްލުން ވެފައިވާތީ، އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ކުއްލި ހާލަތު އެގައުމުގެ ބައެއް ސަރަހައްދުތަކުގައި އިއުލާނުކޮށްފައެވެ. އަދި މިވަގުތު ރޭލު ދަތުރުތަކާއި ބައެއް ދަތުރުތައް ވަނީ ކެންސަލް ކޮށްފައެވެ.