މުސްލިމް އަންހެނުން ވަޒީފާ އަށް ނިކުންނައިރު ބުރުގާ އެޅުން އެމީހަކަށް ވަޒީފާ ދިން ފަރާތައް މަނާކުރެވިދާނެ ކަމަށް ޔޫރަޕްގެ އިއްތިހާދުގެ އެންމެ މަތީ ކޯޓުން ހުކުމް ކޮށްފިއެވެ.

ލަގްޒަމްބާގްގައި ހުންނަ ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުގައި ބުނެފައި ވަނީ ބުރުގާ އެޅުން ނުވަތަ ދީނީ ގަބޫލު ކުރުމެއްގެ ދަށުން ބޮލުގައި ސްކާފެއް އެޅުން މަނާ ކުރަން ވާނީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވަޒީފާ ދޭފަރާތައް ގަބޫލުކުރެވޭ ކަމަށް ވާނަމަ ކަމަށެވެ. އަދި އެނިންމުން ނިންމާއިރު އެގައުމެއްގައި ދީނީ މިނިވަންކަން އޮތް މިންވަރަށް ރިއާޔަތް ކުރަން ވާނެ ކަމަށް ވެސް ބުނެފައި އެބައޮތެވެ.

އީޔޫގެ އެންމެ މަތީ ކޯޓުން ބުރުގާގެ މައްސަލަ ބެލީ ޖަރުމަންވިލާތުގެ ދެއަންހެނަކު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އެމީހުން މައްސަލަ ހުށަހެޅީ ބުރުގާ އަޅައިގެން ވަޒީފާއަށް ނިކުންނާތީ އެމީހުން ވަޒީފާ އިން ސަސްޕެންޑް ކުރުމުންނެވެ.

ޖަރުމަންވިލާތަކީ ޔޫރަޕްގެ މުސްލިމުން އެންމެ ގިނަ އެއްގައުމެވެ. އެގައުމުގައި ފަސް މިލިއަން މުސްލިމުން ދިރިއުޅެއެވެ.

އީޔޫގެ އެންމެ މަތީ ކޯޓުން މިނިންމި ނިންމުމުގެ ސަބަބުން އީޔޫގެ މެންބަރު ގައުމުތަކުގެ ގޮތުގައި އޮންނަ 27 ގައުމުގައި މުސްލިމް އަންހެނުންނަށް ބުރުގާ ނަގައިގެން ވަޒީފާއަށް ނިކުތުން މަޖުބޫރު ކުރާނެ އެތައް ކަމެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް މިހާރު ވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ އީޔޫގެ އެންމެ މަތީ ކޯޓުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިއީ ދީނީ މިނިވަންކަމާއި، ދީނީ ގޮތުން މީހުން ގަބޫލުކުރާ ގަބޫލުކުރުންތައް ދިފާއު ކުރަން ކުރިމަތިވި ވަރަށް ބޮޑު ހުރަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޖުމުހޫރީ މައިދާނުން

  ޔޫ ރަޕަށް ދެން ނުދާނަން

  11
  4
 2. ޝަނީލް

  ރާއްޖެ އަންން ހުރިހާ ޓޫރިސްޓުން ދެން އަރުވާނީ ނިގާބު އަޅައިގެން އައީމަ. ސުވިމިން ޕޫލުގަވެސް ޖެހޭނީ ނިގާބު އަޅައިގެން ތިބެން. ދެން ކާން ޖެހޭނީވެސް ހަމަ ހުސް ހަލާލު ތަކެތި. ސެލްފީ ނެގޭނީވެސް ނިގާބުގަ ހުރެ.

  20
  4
 3. އެދުރުބެ

  މުސްލިމުން އުޅޭތަ ޝިރުކުކުރާ ތަންތަނުގަ؟

  9
  4
 4. Anonymous

  ދެން ކޮން ހައްގެކޭތަ މި ބީތާއިން ގޮވާ މި ހަޅޭ މިލައްވަނީ.

  10
  1
  • ޢަހުމަދުވަގާރު

   މީ ސުންނަތުގެ އަހުލު ވެރިޔއެ އް ދޯ

 5. Anonymous

  ރަނގަޅު. ޔޫރަޕަށް މުސްލި މުންނެއް ބޭނު މެއް ނުވޭ. ސައުދީ އަށް ދޭބަލަ