އިންޑިއާގެ ކާބޯތަކެތި ޑެލިވަރީކޮށްދޭ ކުންފުންޏެއް ކަމަށްވާ ޒޮމާޓޯ އިން 1.3 ބިލިއަން ޑޮލަރު (93.5 ބިލިއަން ރުޕީސް) ފައިސާ ހޯދުމަށް މިދިޔަ ބުދަ ދުވަހު އައިޕީއޯއެއް ލޯންޗް ކޮށްފިއެވެ.

ޒޮމާޓޯ އަކީ އެ ކުންފުނީގެ ދަށުން އޫބާ އާއި ޖެކްމާސް އޭންޓް ގްރޫޕް ހިންގަމުން އަންނަ ކުންފުންޏެވެ.

އައިޕީއޯ ލޯންޗް ކުރުމުގެ ގޮތުން ހާމަކޮށްފައިވާ ހިއްސާގެ އަގުތަކަށް ބަލާއިރު، ހިއްސާއެއްގެ އަގަކީ 72 އާއި 76 ރުޕީސް އާއި ދެެމެދުގެ އަދަދެއް ކަމަށް ބުނެފައިވެއެވެ.

އައިޕީއޯގެ އިތުރުން ވެސް މި ކުންފުނިން ވަނީ އެކި ގޮތްގޮތައް ފައިސާ ހޯދާފައެވެ. އެގޮތުން، ޒޮމާޓޯ ކުންފުނިން ވަނީ މާކުއީ އިންސްޓްޓިއުޝަނަލް އިންވެސްޓަރސްގެ ފަރާތުން 560 މިލިއަން ޑޮލަރު (41.96 ބިިލިއަން ރުޕީސް) ހޯދައިފައެވެ. އިންވެސްޓަރުންގެ ތެރޭގައި ބްލެކްރޮކް، ޖޭޕީ މޯގަން އާއި މޯގަން ސްޓެންލޭ ފަދަ ގްލޯބަލް އިންވެސްޓްމެންޓް ފަންޑުތައް ފާހަގަ ކޮށްލެވެއެވެ.

ރީޓެއިލް އިންވެސްޓަރުން 10 އިންސައްތަ ހިއްސާ ރިޒާވް ކޮށްފައިވާ އިރު، އިންސްޓިޓިއުޝަނަލް އިންވެސްޓަރުން ވަނީ އައިޕީއޯގެ 75 އިންސައްތަ ރިޒާވް ކޮށްފައެވެ.

ޒޮމާޓޯ އަންނަނީ އިންޑިއާގެެ 525 ސިޓީއެއްގައި އޮޕެރޭޓް ކުރަމުންނެވެ. އަދި މި އަހަރު އެ ކުންފުންޏަށް ވަނީ 8.15 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ދައްކައިފައެވެ.

ކާއެއްޗެހި ޑެލިވެރީ ކޮށްދޭ ޒޮމާޓޯ އާއި ސްވިގީސް ޑެލިވެރީ ރައިޑާސްގެ ސަބަބުން އެގައުމުގެ ކާ އެެއްޗެހި ޑެލިވާ ކުރުމުގެ މާކެޓް އިތުރުވަމުންދާނެ ކަމަށް ލަފާކޮށްފައިވެެއެވެ. ނަމަވެސް، މިފަދަ ކުންފުނިތަކުން ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި މާކެޓިންގް ކޯސްޓް އިތުރުވުން ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު