އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބާރުތަކުން ފަލަސްތީނުގެ އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކަށް ރަބަރު ވަޒަނުން ހަމަލާ ދިނުމުން އެކުއްޖާ ކޯމާއަށް ގޮސްފިއެވެ.

ADS BY OOREDOO

އުމުރުން 14 އަހަރުގެ މި ކުޑަ ކުއްޖާއަށް ހަމަލާ ދީފައިވަނީ މޫނަށް އުންޑަ އަރާ ގޮތަށް ރަބަރު ވަޒަނުންނެވެ.

މުހައްމަދު ތަމީމީއަށް އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބާރުތަކުން ރަބަރު ވަޒަނުން ހަމަލާ ދީފައިވަނީ މި ދިޔަ ހުކުރު ދުވަހު ޣައްޒާގައި ކުރެވުނު މުޒާހަރާގައެވެ. ހަމަލާދިނީ ގަޔާ ވަރަށް ކައިރިން ކަމުން އެ ކުއްޖާ މިހާރު ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.

އުމުރުން 14 އަހަރުގެ މުހައްމަދު ތަމީމީ ގެ ކޮއްކޮ މަނާލް ތަމީމީ ބުނީ ރަބަރު ވަޒަން އެރީ މޫނަށް ކަމުން އޭގެ ސަބަބުން ދައްދޮޅި ފަޅައިގެން ގޮސް ބޮލަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށެވެ.

މުހައްމަދު ތަމީމީގެ މަންމަ ބުނެފައިވަނީ އޭނާގެ ދަރިފުޅު ހޮސްޕިޓަލަށް ގެނައި އިރު އޮތީ ލެއިން ތަތްތެޅިފަކަމަށެވެ. މުހައްމަދު ތަމީމީ ގެ މޫނަށް އެރި ވަޒަން ޑޮކްޓަރުން ނަގާފައި ވާއިރު އޭނާ އަދިވެސް އޮތީ ކޯމާގައެވެ.

ރިޕޯޓްތަައް ބުނާގޮތުގައި އިސްރާއީލު ސިފައިން ދަނީ އަތު ބޮމާއި ބަޑިން ބައެއް ސަރަހައްދުތަކުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބޭނުން ކުރަމުންނެއެވެ.

އިސްރާއީލްގެ ފުލުހުންނާއި ފަލަސްތީނުގެ ރައްޔިތުން ހުޅަނގު އައްސޭރީގައި ދަނީ ކުރިމަތިލަމުންނެވެ. މި ހަމަނުޖެހުންތައް ހުއްޓުވުމަށް އިސްރާއީލުގެ ފުލުހުން ދަނީ ކަރުނަ ގޭސް ބޭނުން ކުރަމުންނެވެ.

ހުޅަނގު އައްސޭރީގެ އިތުރުން ވެސް ފަލަސްތީނުގެ އެހެން ހިސާބުތަކުގައި ވެސް ދަނީ މިކަމާ ދެކޮޅު ހެދުމުގެ މުޒާހަރާތަށް ކުރަމުންނެވެ.

 

ADS BY ASTERS

Comments are closed.