ޕެސިފިކް ކަނޑުގެ މެދުތެރޭގައި އޮންނަ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ހަވާއީއަށް މިއަދު މިހާތަނަށް 130 އަށްވުރެ ބިންހެލުން އަތުވެއްޖެއެވެ. މިއީ އެމެރިކާ ސަރަޙައްދަށް އަންނާނެ ކަމަށް ބުނެވޭ ބޮޑު ބިންހެލުން، ނުވަތަ "ދަ ބިގް ވަން" އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓެކެވެ.

މިކަން ހާމަކޮށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ، މީގެ ތެރެއިން ގިނަ ބިންހެލުން އައިސްފައިވަނީ، ހަވާއީގެ ބޮޑު އަލިފާން ފަރުބަދަ ގޮވަމުންދާ ސަރަޙައްދަށް ކަމަށެވެ. މިއަދު ހަވާއީއާއ އާދަޔާއި ޚިލާފަށް ގިނައިން ބިންހެލުން އަންނަމުން މިދަނީ، އެމެރިކާ ސަރަޙައްދަށް އަންނަން ތައްޔާރުވެފައިވާ ބާރުގަދަ ބިންހެލުން އަންނާނެ ކަމަށް ކުރިން ބެލެވުނު ތާރީޚު އަވަސް ވެފައިވާ ކަން ތަޖުރިބާކާރުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހަވާއީއަށް މިއަދު ރެކްޓަރ މިންގަނޑުން 2.0 އާއި 3.9 އާއި ދެމެދު އާދަޔާއި ޚިލާފަށް ގިނަ ޢަދަދަކަށް ބިންހެލުން އަންނަމުންދާއިރު، އެ ސްޓޭޓުގައި ދިރިއުޅޭ ގިނަ ބަޔަކަށް ބިންހެލުމުގެ އިހުސާސް ކުރެވިގެން ރިޕޯޓްކޮށްފައި ވެއެވެ. އެހެން ނަމަވެސް އެއިން އެއްވެސް މީހަކަށް ނުވަތަ ތަނަކަށް، ބިންހެލުމުގައި ގެއްލުމެއް ލިބުނުކަމެއް އަދި ނޭނގެއެވެ.

އެމެރިކާ ސަރަޙައްދަށް އަންނާނެ ކަމަށް ބުނާ ބާރުގަދަ ބިންހެލުމުގެ ކުރިން މިފަދަ ކުދި ބިނިްހެލުންތައް، އާދަޔާއި ޚިލާފަށް ގިނައިން އެ ސަރަޙައްދަށް އަންނާނެ ކަމަށް ތަޖުރިބާކާރުން ކުރިން ބުނެފައިވެއެވެ. އެ ބިންހެލުން އަންނާނެ ވަކި ދުވަހެއް ނުވަތަ ސީދާ ތަނެއް އެފަރާތްތަކަށް ހޯދިފައިނުވީނަމަވެސް، ހަވާއީއަކީ ބޮޑު ބިންހެލުން އަންނާނޭ ކަމަށް ލަފާކުރެވޭ އެއް ހިސާބެވެ. ދުނިޔެ މިހާތަނަށް ނުދެކޭހައި ބާރުގަދަ، އެ ބިނހެލުމާއި އެއާއި ވިދިގެން އަންނަ ބާރުގަދަ ލޮޅުންތަކުގެ އިތުރުން ބިންހެލުމުގެ ސަބަބުން އުފެދޭ ގެއްލުންބޮޑު ސުނާމީއެއްގައި މުޅި ދުނިޔޭގެ ޗާޓަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ދިރާސާވެރިން ދަނީ ބުނަމުންނެވެ.

ހަވާއީއަށް ގިނަ ޢަދަދެއްގެ ބިންހެލުން އަންނަމުންދާ މި ދަނޑިވަޅަކީ، އެ ސްޓޭޓުގެ ބިޔަ އަލިފާން ފަރުބަދަ "ކިލުވެއާ" ވެސް ގޮވަމުންދާ ދަނޑިވަޅަކަށްވާއިރު، އެ ފަރުބަދައިން ބޭރުވަމުންދާ އަލިފާނާއި ވިހަ ދުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ ގިނަ ޢަދަދެއްގެ ގެތައް ވަނީ އަނދައި ހުލިވެފައެވެ. މި އަލިފާނުގެ އަސަރު އެ ސްޓޭޓުގެ ދެހާހަށްވުރެ ގިނަ މީހުނަށް ވަނީ ކޮށްފައެވެ.

ކިލުވެއާ ފަރުބަދައަކީ 4،190 ފޫޓު އުސް، އަދި ފުޅާމިނުގައި 1،247 ހުންނަ ބިޔަ ފަރުބަދައެކެވެ. މި ފަރުބަދައަކީ ހަވާއީގައި ހުރި ނުރައްކާތެރި ފަސް އަލިފާން ފަރުބަދައިގެ ތެރޭގައި ހިމެނޭ ފަރުބަދައެކެވެ. މި ފަރުބަދައިން ބޮޑު ގޮވުމެއް ގޮވައިފިނަމަ، ސަލާމަތްވާނޭ ވަގުތެއް ނުލިބި އިސާހިތަކު އެތައް ހާސް ބަޔަކު މަރުވެ އަޅިޔަށްވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެފަދަ ދުވަހެއް އަތުވެދާނެ ކަމަށްޓަކައި ހަވާއީގެ ރައްޔިތުންނަށް ޚާއްސަ ތަމްރީނުތަކެއްވެސް މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ދީފައެވެ. މީގެ ކުރިން އެފަދަ ހާދިސާއެއް ހިނގާފައިވަނީ ހައްދުފަހަނައަޅައިދިޔަ ޕޮމްޕޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާލު

    އަވަހަށް އަންނަންވީ! އައިސް މުޅި އެމެރިކާ ފަނާވާންވީ!
    އޭރަށް ހުންނާނީ ގުދުސަށް އެންބަސީ ބަދަލުވެފާ .. ??

    • Gfh

      ޢެތާ ވެސް މުސްލިމުން އުޅޭނެ

      • Anonymous

        ތެދެއް

        • ޢަހައްމާ ކަލޯ

          ތެދެއް ދަރިޔާ. ޢެތާ މުސްލިމުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުން. ޢެމެރިކާގައި އެވްރެޖްކޮށް އަހަރަކު 100،000 މީހުން އިސްލާމް ދީން ވަންނަމުން ދާކަމަށް މުރާސިލުން ބުނޭ.

  2. Anonymous

    ބިރުވެރިކަން ހުރި

  3. މުސްލިމް

    ފަހެ، ނުބައި ރޭވުންތައް ރޭވިމީހުން، اللَّه އެއުރެންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު، ނުވަތަ އެއުރެން ހީވެސްނުކުރާ ދިމަދިމާއިން، އެއުރެންނަށް عذاب އަތުވެދާނެ ކަމާމެދު، އަމާންވެގެންވާ ކަމުގައި ހީކުޅައީ ހެއްޔެވެ؟

    ނުވަތަ އެއުރެން ދަތުރުފަތުރުކޮށް އުޅޭ އުޅުމުގެ ތެރޭގައި، އެކަލާނގެ އެއުރެން ހަލާކު ކުރައްވައިފާނެކަމާމެދުގައިވެސް މެއެވެ. ފަހެ، (اللَّه) ނުކުޅައްދައި، ރެކިގެން ދެވޭނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ.

    ނުވަތަ، އުނިކުރެއްވުމުގެގޮތުން (އެބަހީ: މުދަލާއި މީހުން މަދުވަމުންގޮސް މުޅިން ނެތިދާގޮތުން) އެއުރެން ހަލާކުކުރައްވައިފާނޭ ކަމާމެދުގައިވެސް މެއެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ.

    [16:45-47]

  4. ޙ ހަގގަގފސވ

    ޙަވގަގފދަގބވފފަފދަފވހވގ×ގަތަގފަގގަގގަ