އިސްރާއީލްގެ ޔަހޫދީންނަށް ކޮންމެ ދުވަހަކު ވެސް އަޤުޞާ މިސްކިތައް ވަދެ އަޅުކަން ކުރުމުގެ ފުރުސަތު ދޭން އިސްރާއީލްގެ ބޮޑުވަޒީރު ނަފްޓާލީ ބެނެޓް ނިންމައިފިއެވެ.

އަޤުޞާ މިސްކިތައް ޔަހޫދީން ވަދެ އަޅުކަން ކުރަން އުޅޭތީ ފަލަސްތީންގެ މަސްރަހު ހޫނުވެފައި ވަނިކޮށް ބެނެޓް މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީންނަށް ވެސް އަޤުޞާ މިސްކިތައް ވަދެ އަޅުކަން ކުރުން އެއީ އެމީހުންނަށް ލިބިގެންވާ މިނިވަންކަމެއް ކަމަށެވެ. އަދި މުސްލިމުންނަށް ވެސް ޔަހޫދީންނެކޭ އެއްފަދައިން އަޤުޞާ މިސްކިތައް ވަދެ އަޅުކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެނެޓްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޔަހޫދީން ފާހަގަކުރާ ޓިޝަބާވް ދުވަހާއި ގުޅިގެން މިއަދު ވެސް ޔަހޫދީންތަކެއް ވަނީ އަޤުޞާ މިސްކިތައް ވަދެގެންފައެވެ. ޔަހޫދީން އަޤުޞާ މިސްކިތައް ވަނުމާއި ދެކޮޅަށް މިއަދު ފަލަސްތީންގެ ރައްޔިތުން ވަނީ ގުދުސްގައި އަޑުއުފުލާފައެވެ. ގުދުސްގައި މުޒާހަރާ ކުރި ވަރަށް ގިނަ ބަޔަކު ހައްޔަރުކޮށް އަދި އެތައް ބަޔަކު އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަޤުޞާ މިސްކިތުގައި ޔަހޫދީން ހުރުމަތްތެރި ތަނެއްގެ ގޮތުގައި ބަލާ އުތުރު ފަރާތު ފާރު ކައިރީ ޔަހޫދީން އަޅުކަން ކުރަން ތިއްބާ އިސްރާއީލްގެ ޒުވާނުންތަކެއް މިއަދު ވަނީ އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފައެވެ.

ޔަހޫދީން ކޮންމެ ދުވަހަކު އަޤުޞާ މިސްކިތައް ވަދެ އަޅުކަން ކުރުމުގެ ފުރުސަތު ދީފިނަމަ އެކަން ވެގެން ދާނީ ޔަހޫދީންނަށް އެފުރުސަތު ދޭ ފުރަތަމަ ފަހަރަށެވެ. 1967 ވަނަ އަހަރު އިސްރާއީލާއި އަރަބިން ކުރި ހަދުވަހުގެ ހަނގުރާމައަށް ފަހު ވެސް ކޮންމެ ދުވަހަކު ގަވައިދުން ޔަހޫދީންނަށް އަޤުޞާ މިސްކިތައް ވަދެ އަޅުކަން ކުރުމުގެ ފުރުސަތެއް ނުދެއެވެ.

ޔަހޫދީން މިއަދު އަޤުޞާ މިސްކިތައް ވަދެގަތުމާއި އަދި އިސްރާއީލް ސިފައިން ފަލަސްތީންގެ ރައްޔިތުންނަށް އަނިޔާ ކުރުން ވަރަށް ގިނަ އިސްލާމީ ގައުމުތަކުގެ ވެރިން ގެންދަނީ ކުށްވެރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިސްމާލު

    ޝުކުރިއްޔާ ބެ ނެޓް!

    2
    3
  2. ރަބަރޭ

    ކަލޭމެ ން އަރަބި ން ނަނ ން ވާ ނެ ހަމަ އެއްކަމެއްވެސް ނެތް
    ޔަހޫދީ ން ކޮ ންމެ ދުވަހަކު ވެސް މަސްޖިދުލްއަޤްޞާ އަށް ވަ ންނ ނަނ ނެ ތިޔަ ނތާގައި ހަމަ ނުޖެހު ން ވެސް ހި ންގާ ނެ
    ކަލޭމެ ން އަރަބި ން ތިބޭ ޔަހޫދީ އަ ންހެ ނަކު ގޮވައިގެ ން

  3. އަރި

    އަނިޔާވެރިންގެކިބައިން ރައްކާތެރިކުރައްވާށި.

    6
    2
  4. މުޙައްމަދު

    ޔަހޫދީންނަށް ހަލާކުހުރި. ބެނެޓްގެ ނިމުން ހިތި ކުރައްވާށި.