ކޮރޯނާވައިރަސް އަކީ ޗައިނާގެ ވޫހާންގެ ލެބޯޓަރީއަކުން ލީކްވެފައިވާ ވައިރަހެއް ކަމަށް ބުނާ ބުނުމަކީ ވެދާނެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އޮފީހުގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ސިއްހީ މާހިރުން މީގެ ކުރިންވެސް ވަނީ ވައިރަސް ލީކްވީ ލެބޯޓަރީއަކުން ކަމަށް ބުނި ބުނުމާ ދެކޮޅު ހަދައިފައެވެ.

ނަމަވެސް، އެކަމުގައި ޗައިނާއަށް ތުހުމަތުކޮށް އެމެރިކާއިން ވަނީ އިންޓެލިޖެންސް އެޖެންސީ މެދުވެރިކޮށް ވައިރަހާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބް ހޯދުމަށް 90 ދުވަސް ކަނޑައަޅައިގެން މަސައްކަތް ކޮށްފައެވެ.

ނަމަވެސް، ވައިރަސް ލެބޯޓަރީ އަކުން ލީކްވެފައިވާކަން ކަށަވަރުކޮށްދޭ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ. ސީއެންއެން ނޫހުން ރިޕޯޓު ކޮށްފައިވާގޮތުން އިންޓެލިޖެންސް ކޮމިއުނިޓީ ވަނީ ދެބައަކަށް ބެހިފައެވެ. ވާލުގެ ފަރާތުން އިންސާނުންނަށް ޖެހުނު ވައިރަހެއްކަން އެއް ބަޔަކު ބުނާ އިރު، އަނެއް ބަޔަކު ބުނަނީ މިއީ ލެބޯޓަރީ އަކުން ލީކްވި ވައިރަހެއް ކަމަށެވެ.

ޖޯ ބައިޑެންގެ ސަރުކާރުން ވައިރަހަކީ ވޫހާންގެ ލެބޯޓަރީއަކުން ލީކްވެފައިވާ އެއްޗެއް ކަމަށް ބުނިކަމުގައި ވިޔަސް ވައިރަސް ދިރާސާކޮށް އެއާ ގުޅިގެން މައުލޫމާތު ހޯދާ ބަލައި މީހުންނަށް އެ ގޮތް ގަބޫލެއް ނުކުރެވެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެއީ ޖަނަވާރެއްގެ ފަރާތުން އިންސާނުންނަށް ޖެހިފައިވާ ވައިރަހެއް ކަމަށް ބޮޑަށް ބުރަވެވެއެވެ.

ސީއެންއެންއިން ރިޕޯޓު ކޮށްފައިވާގޮތުން ދިރާސާތައް އަލުން ބަލަން ފެށުމުން އެމެރިކާއިން ވަނީ ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފަށައިފައެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލްވިއަން ޗައިނާއަށް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން ފޮކްސް ނޫހަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ގުޅުންތަކުން ޗައިނާ އެކަހެރިވެގެން ދާނެ ކަމަށެެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވޫހާން ސިޓީން ޑިސެމްބަރު 2019 ގައެވެ. އޭގެ ފަހުން މިހާތަނަށް ދުނިޔޭގެ ހުރިހާ ސަރަހައްދަކުން ހެން ބަލި ވަނީ ފެނިފައެވެ. މި ބަލި އެތައް މިލިއަން ބަޔަކަށް ޖެހި، އޭގެ ތެރެއިން ބައެއް ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ. ކޮވިޑް-19 އަކީ ދުނިޔޭގައި ފެތުރުނު އެންމެ ނުރައްކާތެރި ބަލިތަކުގެ ތެރެއިން އެއް ބައްޔެވެ.

ކޮވިޑް-19 ހަލުވިކަމާ އެކު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަދިވެސް ދަނީ ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަސީހު

    ތިޔައީ މިރާއްޖޭގެ މަޖުލިހުންވެސް އެފްބީއައި ހިންގާކަހަލަ ތަހުގީގު އެބަހިންގާ

    6
    1
  2. މަޖުބޫރީހާލަތް.

    ތީލާދީނީ އެމެރިކާ އިން ޗަ އިނާޔަ އް ދިން ބޮނޑިޔެ އް ނަމަވެސް އަތަ އްގޮވީ އެމެރިކާ ފަހަތަ އް ތިޔަދަނީ ބަލަބަލަ ތި އްބާ ޗަ އިނާ އެދަނީ ސުޕަޕަަރގެ މަގާމަ އް

    6
    1
  3. ނ

    މިވަރުވާއިރުވެސް ދުވަހަކުވެސް ޗައިނާ އިން ގައުމަކާއި
    ދެކޮޅަށް ފިޔަވަޅެއް ނާޅާ...ގައުމުތަކުގެ ދާޚިލީ ކަންކަމާކާއި ނުބެހޭ...އެމެރިކާ އަމިއްލައަށް ހަލާކު ވާނެ

    11
  4. Anonymous

    ސަޅި