ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް 500 އަނބު ހަދިޔާއެއްގެ ގޮތުގައި ފޮނުވި ކަމަށް އިއްޔެ މީޑިއާގައި ރިޕޯޓް ކުުރުމުން ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއް ލިބުނެވެ. މިއީ ވެސް ގައުމުތަކުގެ ވެރިން ހަދިޔާއެއްގެ ގޮތުގައި އެހެން ގައުމުތަކުގެ ވެރިންނަށް ފޮނުވާ އެއްޗެއްތޯ ބައެއް މީހުން ސުވާލު ކުރިއެވެ.

"މެންގޯ ޑިޕްލޮމެސީ" ނުވަތަ ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަ ކުރަން އެއްގައުމުގެ ވެރިން އަނެއް ގައުމުގެ ވެރިންނަށް އަނބު ފޮނުވުމަކީ ދެކުނު އޭޝިއާގައި އާކަމެއް ނޫނެވެ. މިކަން ފުރަތަމަ ފެށީ ޕާކިސްތާންގެ ބޮޑުވަޒީރު ޖެނެރަލް މުހައްމަދު ޒިއާއުލްޙައްގު އެވެ. އެއީ 1980 ގެ އަހަރުތަކުގެ ކުރީކޮޅުއެވެ. ޖެނެރަލް ޒިއާއުލްޙައްޤު ފުރަތަމަ އަނބު ހަދިޔާ ކުރެއްވީ އިންޑިއާގެ ބޮޑުވަަޒީރު އިންދިރާގާންދީއަށެވެ. އެއީ ޕާކިސްތާނާއި އިންޑިއާގެ ގުޅުން ރަނގަޅު ކުރުމުގެ ގޮތުންނެވެ.

އޭގެ އަހަރުތަކެއް ފަހުން 2010 ވަނަ އަހަރު އޭރު ޕާކިސްތާންގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގިލާނީ ވެސް އިންޑިއާގެ އޭރުގެ ބޮޑުވަޒީރު މަންމޯހަން ސިންހަށް އަނބު ފޮނުވިއެވެ.

އާއްމު ގޮތެއްގައި ޕާކިސްތާނުން ކޮންމެ އަހަރަކު ވެސް އެތައް ގައުމަކަށް އެގައުމުގެ ބޮޑުވަޒީރުގެ ނަމުގައި އަނބު ފޮނުވައެވެ. މިދިޔަ އަހަރު ވެސް ޕާކިސްތާނުން ވަނީ ގިނަ ގައުމުތަކަކަށް އަނބު ފޮނުވާފައެވެ. ނަމަވެސް އެމެރިކާ އާއި ޗައިނާ އިން ވަނީ ޕާކިސްތާނުން ފޮނުވާ އަނބު ގަބޫލު ކުރެވެން ނެތްކަން މިދިޔަ އަހަރު އަންގަވާފައެވެ. އެއީ ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުން އަންނާތީ ބައެއް މޭވާތަކުން ވެސް ކޮވިޑްގެ އަސަރު ފެނުމުގެ ފުރުސަތު އޮތުމުންނެވެ.

ރައީސް ސޯލިހަށް ބަންގްލަދޭޝް އިން ގިނަ އަދަދެއްގެ އަނބު ލިބިފައި ވާއިރު ބަންގްލަދޭޝް ބޮޑުވަޒީރު ޝައިހް ހަސީނާ އަކީ ވެސް ރަހުމަތްތެރި ގައުމުތަކުގެ ވެރިންނަށް އަނބު ފޮނުވަން ހާއްސަ ސަމާލުކަމެއް ދެއްވާ ބޭކަނބަލެކެވެ. އެކަމަނާ ވަނީ މިއަހަރު ވެސް ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ ވެރިންނަށް ވެސް އަނބު ފޮނުވާފައެވެ.

އަނބަކީ މޭވާތަކުގެ ރަސްގެފާން ކަމަށް ބުނެވައެވެ. ދެގައުމެއްގެ ދެމެދުގައި އޮންނަ ކޯޅުމެއް ސުލްހަ ކުރަން ފުރަތަމަ އަނބު ފޮނުވި ނަމަވެސް މިހާރު އަނބު ފޮށިގަނޑުތަކުގެ ސަބަބުން ދެގައުމެއްގެ ގުޅުމަށް ހެޔޮ އަސަރެއް ކޮށްފާނެތޯ ތަޖުރިބާކާރުން ސުވާލު އުފައްދައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަނބު ފަޒުނާ ދެން އަނބު ޖޫހާ އަނބު އަސާރައާ އަނބު
    ޖޭ މު ހަދައިގެން ވިއްކަންވީނު.

    5
    1
  2. އާޝޯހު

    ބަލަ އަހަރުމެނައް ހަމަ ވަރަށް އާ ކަމެއް.
    އެހެންވެ މިތިބީ އާޝޯހު ވެ ފައި.
    ދެން މި ކޮޅުން ކުއްޅަވައް ކޮޅަކާ ބަނބުކެޔޮ ކޮޅެއް ފޮނުވާ ލާތި

  3. އނބުފަޒުނާ

    ހެހެހެ އަނބު ކަންތަކުގަ ލަދު ގަތީދޯ މީހުން ޖޯކް ޖަހަންފެށީމަ! އެހެންވީމަ ދިފާއުގަ އެއްޗެއްބުނަން ޖެހުނީދޯ އަނބު އިބޫ،

  4. އަންނިބައި

    ކޮބާ ކަދުރު ވަގުގެ ހަބަރެއް ނެއްތަ؟

    2
    1