އަންހެނުން މަހްރަމަކާ ނުލައި ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން އަދާކޮށްފިއެވެ.

އަންހެނުންނަށް މަހްރަމަކާ އެކުގައި ނޫނީ ހައްޖަށް ނުދެވޭ ގޮތަށް އޮތް އޮތުން، ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ކޮންމެ އުމުރެއްގެ އަންހެނަކަށް ވެސް މަހްރަމަކާ ނުލައި ހައްޖަށް ދެވޭ ގޮތަށް ސައުދީގެ ހައްޖު މިނިސްޓްރީން ހުއްދަ ދީފައި ވަނީ ޝަރުތަކާއެކީގައެވެ. އެއީ އަންހެނުންގެ ގްރޫޕެއްގެ ގޮތުގައި ހައްޖުގެ އަޅުކަމުގައި ބައިވެރިވުމެވެ.

ޕާކިސްތާނުގެ އުމުރުން 35 އަހަރުގެ ބުޝްރާ ޝާހު ބުނީ، ހައްޖުގެ އަޅުކަމަށް މައްކާ އަށް ދިއުމަކީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެ ހުވަފެން ހަގީގަތަކަށްވީ މަހްރަމަކާ ނުލައި ހައްޖަށް ދެވޭ ގޮތަށް ބަދަލުކުރުމުން ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި ވިލާތާއި ޕާކިސްތާނަށް ނިސްބަތްވާ ޑރ. ސަދަފު ގަފޫރު ބުނި ގޮތުގައި އޭނާ އަށް ހައްޖަށް ނުދެވި މިހާ ދުވަސްވީ ތިން ދަރިން ދޫކޮށްލާފައި ދާންޖެހޭތީއެވެ. އެކަމަކު މަހްރަމަކާ ނުލައި ދެވޭ ގޮތަށް ހެދުމުން، ދަރިން ފިރިމީހާއާ ހަވާލުކުރުމަށް ފަހު، އަވަށްޓެރިއަކާ އެކު އޭނާ ވެސް މި އަހަރުގެ ހައްޖުގައި ބައިވެރިވެ ހައްޖުގެ އަޅުކަން މިހާރު ވަނީ ގާތްގަނޑަކަށް ފުރިހަމަކޮށްފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހައްޖުގެ އަޅުކަން އަދާކުރަމުން އަންނަ އިރު، މީގެ ކުރިން ކޮންމެ އަހަރަކު ވެސް ދެ މިލިއަނަނެއްހާ މީހުން ހައްޖުގެ އަޅުކަން އަދާކުރެއެވެ. ނަމަވެސް މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ވެކްސިން ދެ ޑޯޒް ޖަހާފައިވާ 60،000 މީހުންނަށެވެ. ކޮވިޑާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، މިއަހަރު ހައްޖުވުމުގެ ފުރުސަތު ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބުރުގާ

    ސައޫއަރަބިއްޔާ ރަގަޅުވާނީ ދީން ކިޔަވަން ރާއްޖެ އައިއްޔާ.

    8
    5
  2. ބުއްޅަ ގެރި

    ހައްޖު އަޅުކަން އަދާކުރުމުގައި ނަބަވީ ސުންނަތާއެއްގޮތައް އަދާކުރުމުން ނޫނީ ފައިދާ އެއްނުކުރާނެ

    26
    2
  3. ޢަހުމަދުވަގާރު

    ޙާބީން ވެސް އެބަ ރަނގަލު.ކުރޭ

    3
    8
    • ޤަމާރު

      ހާބީން އެއީ ކޮން އެއްޗެއްކަން އެގޭތަ؟

      5
      1
  4. ރީޝާ

    މީގެ ކުރިން ރާއްޖެ މީހުންވެސް ދޭ މަހުރަމުންނާ ނުލާވެސް

  5. ސަމްވީން

    އަނެއްކާވެސް ވަރައް ނުބައި އާދައެއްގެ ފެށުން..

    5
    3
  6. ޞާ

    އަހަރެންގެ މައިދައިތަ މީގެ 10 އަހަރު ކުރިން ވެސް ދިޔަ މަހުރަމަކާނުލާ. ތީ އާ ކަމެއްނޫން

    1
    1
    • އޭ

      އޭނައަށް ހުރީ ސާޅިސް ވެފަތައޭރު؟

  7. ޙައްޕު

    ޢަނެއްކާ އެއްކަލަ ގުރޫޕު ފުންނައިގަންނާނެ މިކަ މާ!!

    2
    3
  8. ނުރަބޯ

    ދިވެހިން ކަ އިރިން ދީން ދަސްކުރަން ފެނޭ. ޙަތަރުލަ އްކަ ސޭކުން އުޅޭ ތަނެ އް މީ

  9. ޣ

    މިއީ އާކަމެއް ނޫން. އަހަރެން ދައްތައެއްވެސް ދިޔަ

  10. ާއާކުކުޅު

    މިކަމަކާ ރާއްޖޭގަ ތިބި ޝޭޚުންނާ މިބެހެނީ، އެމީންނާމެދު ޒާތީ ހަސަދައެއް ލައިގެން ތިބިބައެއްތަ؟ ނޫނީ ކަންކަމުގައި، އެކަމެއް ދީނީގޮތުން އަދާކުރަންޖެހޭގޮތް ބުނެދޭތީ އެކަމާ ރުޅިއަންނަ މީހުންތަ؟ ހުރިހާ އަޙުންނާ އުހުތުނޭ، ޢިލްމް ވެރިންނަށް އަންގަވާފައިވަނީ، ޢިލްމު ނުފޮރުވާ ހާމަކުރަން، އެމީހުން އެމީހުންނަށް އަންގަވާފައިވާކަންތައް އެކުރަނީ. އެ ޢިލްމު ހޯދާ، އެ ދައްކާވާލަކަ އަޑުއަހާ، އޭގެ ތެދުދޮގު ބަލާ، އެ ދަސްކޮއް، އެއަށް ޢަމަލުކުރުން އޮތީ އެމީހެއްގެ އަތްމަތީގަ. ޢަހަރެމެންނަށް މިދުނިޔޭގަ ބޭނުން ގޮތަކަށް އުަޅެވިދާނެ، އެކަމު އާޙިރިތް ދުވަހުން ދާނޭ ތަނެއް ނުއޮއްނާނެ، މިހާރު ކުރި ހެއު ޢަމަލަކުން މެނުވީ ކުރާނެ ފައިދާއެއް ނުއޮންނާނެ، އިލްމު ވެރިންނަށް އެއްޗިހިކިޔައިގެން، އެމީހުނގެ އަގުވައްޓައިގެން، ތިމާއާއެކު އެހެންމީހުން މަގުފުރަށްދައިގެން، އެހެންމީހުންގެ ފާފައިން ބަޔެއް އިތުރު ނުކުރަށްވާ. ބުނާނަމަ ތެދު ބުނޭ، ޔޯޔޯ އަށް އެތްޗިހިނުކިޔާ، ނޫނީ ހަނުހުންނަވާ. އެމީހެއްގެ ދުލާ އަތް ރަށްކާތެރިކުރާނީ އެމީހެއް