ކޮވިޑް-19 ވެކްސިން ޖެހުމުގެ މަސައްކަތް އެކި ގައުމުތަކުގައި ހަލުވިކޮށް ކުރިއަށް ދާއިރު ސަރުކާރުތަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެކްސިނާއި ގުޅޭ ގޮތުން ފަތުރަމުން އަންނަ އެއްވެސް އަސާސެއް ނެތް ވާހަކަތަކެވެ. ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ފައްސިވަމުން އަންނަ މެކްސިކޯ އަށް ވެސް ވަނީ ވެކްސިނާއި ގުޅޭ ސައްހަ ނޫން މައުލޫމާތުތައް ފެތުރުމުގެ ނުރައްކަލާއި ކުރިމަތިވެފައެވެ.

މެކްސިކޯ ސަރުކާރުން ބުނާ ގޮތުގައި އެގައުމުގެ އާބާދީ %30 މީހުންނަށް މިހާރު ވެކްސިންގެ އެޑޯޒް ދީފައި ވާއިރު އަދިވެސް އެކަހެރި ރަށްފުށުގެ ސަރަހައްދުތަކުގައި ވެކްސިން ޖެހި މީހުންގެ ނިސްބަތް އުޅެނީ %2 ގައެވެ. ބައެއް އަވަށްތަކުގެ ހުރިހާ އެންމެން ގެންދަނީ ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންނެވެ. އެއީ އެމީހުންނަށް ލިބިފައިވާ ސައްހަ ނޫން މައުލޫމާތުތަކުގެ ސަބަބުންނެވެ.

މީޑިއާ އަށް މައުލޫމާތު ދިން ބައެއް އޮފިޝަލުން ބުނެފައިވާ ގޮތުގައި ވަޓްސްއެޕް މެދުވެރިކޮށް ވަރަށް ގިނަ ސައްހަ ނޫން މައުލޫމާތުތައް ދަނީ ފަތުރަމުންނެވެ. އޭގެތެރޭގައި ވެކްސިން ފުރިހަމަ ކުރާތާ ދެއަހަރު ފަހުން ވެކްސިން ޖެހި މީހުން މަރުވާނެ ކަމަށް ބުނާ ވާހަކައެއް ގިނަ ބަޔަކު ވަނީ ގަބޫލު ކޮށްފައެވެ.

ވެކްސިން ޖަހާތާ ދެއަހަރު ފަހުން ވެކްސިން ޖެހި އެންމެން މަރުވާނެ ކަމަށް ބުނެ ފަތުރާ މައުލޫމާތުތައް ބުނާ ގޮތުގައި ވެކްސިނަކީ އާބާދީ އިތުރުވަމުން އަންނާތީ އާބާދީ ކުޑަކޮށް، ގަސްދުގައި ގިނަ ބަޔަކު މަރާލުމަށް ސަރުކާރުތަކުން ކުރަމުން އަންނަ ކަމެކެވެ.

މެކްސިކޯ ސަރުކާރުން ބުނާ ގޮތުގައި ވެކްސިނާއި ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތުތައް ފަތުރާ މީހުން ހުއްޓުވަން މިހާރު ވެސް ވަނީ ފިޔަވަޅުތައް އަޅާފައެވެ. އަދި ވެކްސިން ޖަހަން ދެކޮޅު ހަދަމުންދާ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ވިސްނަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަސްބެ

  އެކަށީގެންވާ ކަމެ އް، އެހެންނަމަވެސް މަރަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަ ކުރާ އްވާފަ އިވާ ވަގުތު ޖެހުމުން ވާ ކަމެ އް ކަން ގަބޫލުކުރަން..

 2. އަލީ ބުނީ

  ރާއްޖެތެރޭ މީހުން ގަމާރީ ހަމަ 5 ކުޅަނދު މަދޭބުނަނީ އެހެންވެގެން.

  2
  1
 3. ތުއްތުނާ

  އަންހެން މީހާ އުފުއްލާލައިގެންއެހުރި މީހާ ވަރަށްގިނައިންފެނޭ މަސްކަނޑަންހުއްޓާ..

 4. މިތުރާ

  ވެކުސިން ޖެހިޔަސް ނުޖެހިޔަސް މަރުވާނެ،