ތުރުކީގައި މިއަދު ބޭއްވި ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ޠައްޔިބު އުރުދޮގާން ކާމިޔާބު ކުރައްވައިފިއެވެ.
އިންތިޚާބު ކާމިޔާބު ކުރައްވާފައިވާކަން އިޢުލާން ކުރެއްވީ އުރުދޮގާންއެވެ. ރައީސް އުރުދޮގާން ވިދާޅުވީ މިހާތަނަށް ލިބުނު "ނުރަސްމީ ނަތީޖާ" އިން އިންތިޚާބު ކާމިޔާބު ކުރެވިފައިވާކަން ޔަޤީންވާ ކަމެށެވެ. އިންތިޚާބު ކާމިޔާބު ކުރެވުނުކަން އިޢުލާން ކުރުމުގެ ކުރިންވެސް އެޤައުމުގެ މަގުތަކުގައި އުރުދޮގާން އަށް ތާޢީދު ކުރާ މީހުންވަނީ ނިކުމެ އުފާ ފާޅުކުރަން ފަށާފައެވެ.
ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާތަނަށް 95 އިންސައްތަ ވޯޓް ގުނާ ނިމިފައިވާއިރު ރައީސް އުރުދޮގާން ވަނީ 52.75 އިންސައްތަ ހޯއްދަވާފައެވެ. އުރުދޮގާން އާއި އެންމެ ކަައިރިން ވާދަކުރި ސެކިއުލާ ވިސްނުމުގެ ބޭފުޅެއް ކަމަށްވާ މުޙައްރަން އިންސްއަށް މިހާތަނަށް ލިބިވަޑައިގެންފައިވަނީ ވޯޓްގެ 30.68 އިންސައްތައެވެ. އޭނާ ގެންދަވަނީ އިންތިޚާބު އުރުދޮގާންއަށް ކާމިޔާބު ކުރެވިއްޖެއްކަން ޤަބޫލު ކުރުމަށް ދެކޮޅު ހަދަމުންނެވެ. މުހައްރަމް ވިދާޅުވީ ހުރިހާ ފޮއްޓެއް ގުނާ ނިމޭއިރު ވޯޓްލުން ދެވަނަ ބުރަކަށް ދާން ޖެހޭނެ ކަމަށެވެ. މިއިންތިޚާބުގައި އިތުރު ދެ ބޭފުޅުންވެސް ވާދަކުރެއްވިއެވެ.
ތުރުކީގެ ސަރުކާރުގެ ތަރުޖަމާނެއްވެސް ރައީސް އުރުދޮގާން، ރައީސް ކަމަށް ހޮވިފައިވާކަމަށް ވިދާޅުވެފައެވެ. ތުރުކީގެ ސަރުކާރުގެ ތަރުޖަމާނެއް ކަމަށްވާ ބޮކީރް ބޮޒްދާޤް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ތުރުކީގައި އެކުލަވާލެވުނު އައު ޤާނޫނުގެ ދަށުން ތުރުކީގެ އަލަށް އިންތިޚާބު ކުރެވުނު ރައީސަކަށް ރައީސް އުރުދޮގާން ހޮވި ވަޑައިގެންފި ކަމަށާއި ތުރުކީގެ މުސްތަޤްބަލައިގެން ކުރިޔަށް ދިއުމަށް ތުރުކީގެ ރައްޔިތުން ރައީސް އުރުދޮގާން އިޙްތިޔާާރު ކުރައްވައިފި ކަމަށެވެ.
މިއަދުގެ އިންތިޚާބު އުރުދޮގާން ކާމިޔާބު ކުރައްވައިފިނަމަ އެއީ ތުރުކީގެ ވެރިކަމުގެ ބާރުތައް ވަރުގަދަ ކުރުމުގައި އުުރުދޮގާން އަނެއްކާވެސް ހޯއްދަވާ ބޮޑު ކާމިޔާބަކަށް ވާނެއެވެ. ރައީސް އުރުދޮގާންގެ ރިޔާސަތުގައި ތުރުކީގެ އިޤުތިޞާދަށް އޭނާވަނީ ގިނަ ހެޔޮ ބަދަލުތަކެއް ގެންނަވާފައެވެ. އަދި ޚާރިޖީ ސިޔާސަތުތައް އިސްލާޙް ކުރައްވަވާ، ޤައުމަށް ގިނަ ގުނަ ތަރައްޤީ ވަނީ ގެނެސް ދެއްވާފައެވެ.
الحمد الله
މިހާރުގެ ނަތީޖާއަށް ބަދަލު އަންނާނީ މިހާރު ނުގުނި އޮތް 5 ޕަރސެންޓް ވޯޓް އެއްކޮށް އިދިކޮޅުފަރާތަށް ލިބިގެން އެއީ ވޯޓްގެ 2.77 ޕަސެންޓް އޭރުން . އުރުތުގާނަށްލިބޭނީ 49.98 ޕަސެންޓް ވޯޓް އޭރުން ދެވެނަބުރަކަށް ދާންޖެހިދާނެ. އެހެން ނޫނީ ދެވަނަ ބުރަކަށް ދާންޖެހޭފަދަ ޗޮއިސް އެއް ނެތް.
ކަޑަ. މި މުއްލާ ބޭރުކޮށްގެން ތުރުކީއަށް ހެޔޮގޮތެއް ވާނީ
ސެކިއުލަރިޒަމް ދާނީ ދުވަހެއް ދުވަހަށް ބަލިކަށިވަމުން، އިންޝާﷲ. ކަލޭމެން ކޮންމެ މުސްލިމަކަށް ތިކިޔާ މުއްލާ، ކަލޭމެން ކަރުގަ އަޅައިގެން ނަރަކައިގަ ހިނގަން ބޭނުންވަންޏާ ތިހެން އުޅޭ. އެމީހެއްގެ އަމަލު އުފުލާނީ އެމީހަކު
الحمد الله
މަރުޙަބާ ރަޢީސް އުރްދޮޤާން.. މުސްލިމުންނާ ދެކޮޅަށް ޔަޙޫދީން ނާއި ނަޞާރާއިން ދެމުންދާ ހަމަލާތަކަށް ފާޅުގަ ގޮންޖައްސަވާ ސާބިތުކަންމަތީ ހުންނެވުމަކީ މިއަދުގެ މުސްލިމް އެންމެހާ ފަރާތްތަކުން ބަލައިގަނެ ނަމޫނާ ދައްކަވަންޖެހޭ ފަދަ ކަމެއް.. އެމެރިކާ އާއި އެމެރިކާގެ އަޅުވެތި ޔޫރަޕާ އިޒުރޭލޭ ކިއުނު ޒައިނިސްޓް ދަޢުލަތުން އަބަދާއި އަބަދު ގެންދަނީ ތުރުކީގަ އޮތް ހަމަޖެހުމާ ސުލްހަމަސަލަސްކަން ނަގާލަން މަސައްކަތް ކުރަމުން. ރައްޔިތުން ހޭލާ ތިބުމުގެ ނަތީޖާ އަކީ. އެފަރާތްތައް ފަލީހަތްވެ ބޭޒާރުވުން.. މިއަދު މިކުޑަ ކުޑަ ރާއްޖެއައް ދުނިޔޭގެ މިކިޔާ ދަޢުލަތްތަކުން މިހާ ބޮޑަކަށް ސަމާލުކަން މިދެނީ މިތަނަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވުން.. އަދި މިތަނުގެ ވެރިޔަކަށް ސެކިއުލަރ ވިސްނުމުގެ ވެރިޔަކު ގެނައުން އެއީ އެބައިމީހުންގެ އެންމެ ބޮޑު އެއް މަޤްސަދު.. ނަމަނަމަ އެބައިމީހުންގެ ތައްޕާހުގަ އުޅެފަހުރި މީހަކު މިޤައުމުގެ ވަލީއުލް އަމުރުގެ މަޤާމަށް ނުގެންނާތި..
މަރުޚަބާ ވަރުގަދަ މުސްލިމް ލީޑަރ
އުފާވެރި ޚަބަރެއް
އަލްޙަމްދުލިﷲ ﷲ އަކްބަރް ﷲ އަކްބަރް ﷲ އަކްބަރް !
الحمد الله
އުރޮދުގާންއަކީ މުސްލިމުންނަށް ކަމޭހިއްތަވާ ކެރޭ ހިއްވަރުގަދަ ރައީސެއް! މަރުހަބާ އުރުދޮގާން!