"މަންކީ ބީ ވައިރަސް" ނަމަކަށް ކިޔާ ރާމާ މަކުނުގެ ފުށުން ޖެހޭ ވައިރަހެއްގައި ޗައިނާއިން މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 ވައިރަސް ފިލައިގެން ނުދަނީސް އެންމެ ފުރަތަމަ ކޮވިޑްް ކޭސްއެއް ވެސް ފެނުނު ޗައިނާއިން މީހަކު މިފަދަ ވައިރަހެއްގައި މަރުވުމުން އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެމީހާ މަރުވެފައި ވަނީ ރާމާ މަކުނުގެ ޒަރިއްޔާއިން ފެތުރޭ "މަންކީ ބީ" ނަމަކަށް ކިޔާ، އާންމުކޮށް ނުފެންނަ ވައިރަހެއް ޖެެހިގެންނެވެ.

މަރުވެފައި ވަނީ ޗައިނާގެެ ބެއިޖިން ސިޓީގައި ދިރިއުޅެމުން އަންނަ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ. ޗައިނާގެެ "ސީޑީސީ ވީކްލީ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބަލީގައި މަރުވި ރާމާމަކުނަކާ ގާތުން ބައްދަލުވެ، މި ފިރިހެން މީހާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ފަށާފައި ވަނީ މިދިޔަ މާޗްމަހުގެ ތެރޭގައެވެ.

މި ފިރިހެން މީހާ އާ ގާތުން ބައްދަލުވި ދެމީހަކު ހެެދި ޓެސްޓު ވަނީ މި ބައްޔަށް ނައްސިވެފައެވެ.

މަންކީ ބީ ޖެހިގެން މަރުވި މީހާގެ ކިބައިން ފެނުނު އަލާމާތްތަކުގެ ތެރޭގައި، ނޭވާލާން އުނދަގޫވުމާ، ހުން އައުމާއި، ހޮޑުލެވުުން ހިމެނެއެވެ. މި މީހާގެ ކިބައިން މި ބަލި ފެނިފައި ވަނީ ލެއާއި ކުޅުން ނެގި ސުންކު ޓެސްޓު ކުރުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    ކޮވިޑޭގެ އާވޭރިއަންޓު މަކުނު ވޭރިއަންޓު

  2. ލޮލް

    ޗައިނާގެ އާ ވައިރަސްގެ ޓްރެއިލާއެއް މީ