ޗައިނާއިން ގަވާއިދާ ހިލާފަ މިޔަންމާ އާއި ތައިލެންޑް ބޯޑަރު ސަރަހައްދުގައި ވިޔަފާރިކޮށް މާލީ ގޮތުން ފައިދާތަކެއް ހޯދަން ފަށައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ. ނަމަވެސް، ކޮވިޑް އާލަމީވަބާގެ ހާލަތު ގޯސްވެފައިވުމުން ޗައިނާ ލެންގުއޭޖް ސަރަހައްދުތަކުގެ މީހުން މަސައްކަތް ކުރަމުން އަންނަނީ މީގެ ކުރިން ސަސްޕެންޑް ކޮށްފައިވާ ބޮޑެތި ސިޓީތަކުގެ ގުޅުން ވަރުގަދަ ކުރުމަށެވެ.

ތައިލެންޑާއި މިޔަންމާ ބޯޑަރު ސަރަހައްދުގައި ޗައިނާއަށް މަސައްކަތް ކޮށްދޭނެ މުވައްޒަފުން ނަގާ ކަމަށާއި، އެ ސަރަހައްދުގައި ގަވާއިދާ ހިލާފަ ވިޔަފާރި ކުރަމުންދާތީ ކުށް ގިނަވެދާނެ ކަމުގެ ބިރު ހީވެފައިވެއެވެ. އަދި އޭގެ އިތުރުން އެ ސަރަހައްދުގައި ކޮވިޑް ވޭދަނަތައް ވެސް އިތުރުވަފެއިވާކަން ފާހަގަ ކޮށްފައިވެއެވެ.

ޗައިނީޒް ލެންގުއޭޖްއިން ފަންޑް ކުރަމުންދާ ޔަޓާއީ އިންޓަނޭޝަނަލް ހޯލްޑިންގް ގްރޫޕް (އައިއެޗްޖީ) އިން ވަނީ ގަވާއިދާ ހިލާފަ ފިލިޕީންސް އާއި ކެމްބޯޑިއާގައި ކެސީނޯތައް ހިންގާ ކަމަށާއި، ފައިވް ސްޓާ ރިސޯޓަކަށް ހިއުމަން އެސެޓް ސުޕަވައިޒަރ، ބަގީޗާ ބަލަހައްޓާ މީހުން އަދި އެކައުންޓަންޓުން ވަޒީފާއަށް ނަގަމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ހޮންކޮންގްގައި ރެޖިސްޓަރ ވެފައިވާ އައިއެޗްޖީއިން ވަނީ ޗައިނާއާއި ތައިލެންޑްގެ މީހުން ވަޒީފާއަށް ނަގަމުންދާ ކަމަށް ބުނެފައެވެ. ޗައިނާއިން އިސްވެ ގަވާއިދާ ހިލާފަ މިޔަންމާ އާއި ތައިލެންޑް ބޯޑަރ ސަރަހައްދުގައި ހިންގަމުންދާ ވިޔަފާރީގެ ތެރޭގައި ކެސީނޯއާއި، ލަގްޒަރިއަސް ހައުސިންގް، ގޮލްފް ޕްރޮގްރާމް ފަދަ އެފައް ކަމެއް ހިމަނާފައިވެއެވެ. އައިޖީއެޗްގެ މާކެޓިންގް ރިޕޯޓުތަކުން ދައްކާގޮތުން މިހާތަނަށް އެންމެ ފައިދާ ވެފައިވަނީ ކެސީނޯ ޕްރޮޖެކްޓްއިންނެވެ. އެ ޕްރޮޖެކްޓުގެ ސަބަބުން 11.4 ބިލިއަން ޑޮލަރުގެ ފައިދާއެއް 10 އަހަރު ތެރޭގައި ލިބިފައިވާ ކަމަށް ބުނެއެވެ.