ނައިޖީރިޔާގެ މެދުތެރޭ ސަރަޙައްދުގައި، މުސްލިމުންނާއި ނަޞާރާއިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި 86 މީހުން މަރުވެއްޖެއެވެ. ދެބައި މީހުންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވަނީ، ދަނޑު ހެއްދުމާއި ބަކަރިއާއި އެފަދަ އެހެން ޖަނަވާރު ހުއިހެއްޕުމާ ގުޅިގެންނެވެ.

"ބީބީސީ" އިން ބުނެފައިވާ ގޮތުގައި، އެސަރަޙައްދުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަކީ ނަޞާރާއިން ނުވަތަ ކްރިސްޓިއަނުންކަމަށާއި އަދި ބަކަރި ހުއިހައްޕާ މީހުންނަކީ މުސްލިމުންކަމަށެވެ.

މި ދެބައި މީހުންގެ ތެރޭގައި ޒަމާނުންސުރެވެސް ދެކޮޅުވެރިކަމެއް އުފެދިފައިވާއިރު އަބަދުވެސް ދޭތެރެ ދޭތެރެއިން ދެބައި މީހުންގެ ތެރޭގައި ދެބަސްވުންތައް އުފެދި، ހަމަނުޖެހުންތަކަށް ދަނީ މަގުފަހިވަމުންނެވެ. އެހެންނަމަވެސް، މިފަހަރުގެ ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން، މުސްލިމުންނާއި ކްރިސްޓިއަނުންގެ މެދުގައި ހަމަނުޖެހުންތައް އުފެދިފައިވާތާ 30 އަހަރުވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބައިނަލްއަޤުވާމީ މަޝްރަހުގެ ޚަބަރުތައް ފޯރުކޮށްދޭ ނޫސްތަކުން ބުނާގޮތުގައި، 86 މީހުން މަރާލުމުގެ އިތުރުން، 50 ގެ އަންދާލައި، 15 ސައިކަލާއި އިތުރު ދެ އެއްގަމު އުޅަނދުގައިވަނީ ރޯކޮށް އަންދާލާފައެވެ.

މީގެއިތުރުންވެސް، ރިޕޯޓުތައް ބުނާގޮތުގައި ހަމަނުޖެހުންތައް އުފެދުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ބިމުގެ މައްސަލައެވެ. އެއީ، ދަނޑު ހެއްދުމަށާއި ބަކަރި ހުއިހެއްޕުމަށް ބޭނުންވާ ބިން ނުލިބުމުގެ މައްސަލައެވެ،

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ތިއީ ސޫދާނަށް ހެދިގޮތަށް ނައިޖީރިއާ ބައިކޮށް ކްރިސްޓިއަނުންނަށް އެގައުމުން ބައެއް ހޯދައިގަންނަން ހުޅަނގުގެ ބާރުތަކުން ތައްޔާރުވަނީ. އެއްވެސް ޝައްކެތް ނެތް. ހުޅަނގުގެ އިސްތިއުމާރު އަދިވެސް ނުނިމޭ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ނަމަވެސް މުސްލިމުންނަށް ގެއްލުންދީ ނިކަމެތިކުރުން އެއީ އެމީހުންގެ މަސައްކަތަކީ.