މަޑަގަސްކަރާގެ ރައީސް އަންދުރޭ ރާޒުއެއްލާ އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރު ކޮށްފިއެވެ.

މަޑަގަސްކަރާގެ އާންމު ސަލާމަތާ ބެހޭ ވުޒާރާއިން ބުނީ ރާޒުއެއްލާ އަވަހާރަކޮށްލަން އުޅުންކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ހަ މީހުންގެ ތެރެއިން އެކަކަކީ ފްރާންސްގެ ރައްޔިތެއް ކަމަށާއި، އިތުރު ދެމީހެއްގެ އަތުގައި ފްރާންސާއި މަޑަގަސްކަރާގެ ޕާސްޕޯޓު އޮތް ކަމަށެވެ. އެ ވުޒާރާ އިން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެ މީހުންނަކީ މީގެ ކުރިން ފަރަންސޭސި ވިލާތުގެ އަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ ބައެއް ކަމަށެވެ.

ހަ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ މަސް ދުވަހަށް ދެމިގެންދިޔަ ތަހުގީގަކަށް ފަހު މިދިޔަ އަންގާރަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ތަހުގީގު ކުރިޔަށް ގެންގޮސްފައިވަނީ އެ ގައުމުގެ ސްޓޭޓް ސެކިއުރިޓީއަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ހީވެފައިވާތީ ކަމަށް މީޑިއާތަކުން އާންމު ކޮށްފައިވާ މައުލޫމާތުގައި ބުނެއެވެ.

އާންމު ސަލާމަތީ ވުޒާރާއިން މަޑަގަސްކާގެ ރައީސް އަވަހާރަ ކޮށްލުމަށް ބަޔަކު މަސައްކަތް ކޮށްފައިވާކަން ހާމަކުރި ނަމަވެސް، މިކަމާ ގުޅިގެން އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. މައްސަލައާ ގުޅިގެން ބުނެފައިވަނީ ގައުމުގެ ސަލާމަތަށް ބަލައި ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށް ތަފާތު މިސްރާބުތަކުން ހަތިޔާރާ އެކުގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި މަޑަގަސްކަރާ ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި ރާޒުއެއްލާ ވެރިކަމަށް ވަޑައިގެންފައިވަނީވެސް ބޮޑެތި ސިޔާސީ ދެބަސްވުންތަކެއްގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސްކުރާސޭލް

    ތިވާނީ ހަ ރުކަށިފިކު ރުގެބަޔަކު ދޭންއުޅުނުހަމަލާއެއްކަމަށް ؟

    2
    1
    • އިންޑިއާގެއަޅު ނަޝީދު

      ހަހަހަހަ..

  2. ރެފްރީ

    އިލްޔާސްލަބީބުއަށް ތިޔަހަމަލާދޭންއުޅޭކަން އެނގުނުބާ؟؟

    5
    1