އުމްރާއަށް ދާ މީހުން ފުރިހަމަކޮށްފައި ހުންނަން ޖެހޭ ކޮވިޑް ވެކްސިން ލިސްޓުގައި ރާއްޖޭގެ އެންްމެ ގިނަ ބަޔަކު ޖަހާފައިވާ ކޮވިޝީލްޑާއި ސިނޮފާމް ވެކްސިން ނެތުމުން ރާއްޖެއިން ގިނަ ބަޔަކަށް އުމްރާއަށް ނުދެވިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

މި އަންނަ އޮގަސްޓު މަހުން ފެށިގެން އުމްރާއަށް މީހުން ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެެ. އެހެން ނަމަވެސް އުމްރާއަށް ދެވޭނީ ސައުދީ ބޯޑުން ކަނޑައަޅާފައިވާ ވެކްސިނެއް ފުރިިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އުމްރާ ކުރުމަށް ހުއްދަ ދިނުމަށް ސައުދީ ސަރުކާރުން ކަނޑައަޅާފައި ވަނީ ހަތަރު ބާވަތެއްގެ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެ ހަތަރު ވެކްސިނުގެ ތެރޭގައި ހިމެނެނީ ފައިޒާ، މޮޑާނާ، އެސްޓްރަޒެނިކާގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން އެވެ.

ސިނޮފާމް ވެކްސިން ޖަހާފައިވާ މީހުންނަށް އުމްރާކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މި ހަތަރު ވެކްސިނުން އިތުރު ޑޯޒެއް ފުރިހަމަކުރުމުންނެވެ.

ކޮވިޑް-19ގެ ސަބަބުން އުމްރާގެ އަޅުކަން މެދުކަނޑާލުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު އެ ފުރުސަތު ހުޅުވާލާފައިވަނީ މަދު ބަޔަކަށެވެ. އެގޮތުން އޮކްޓޯބަރ ހަތަރު ވަނަ ދުވަހު 6،000 މީހުންނަށް އުމްރާ ވުމަށް ފުރުސަތު ދީ، އެމަހުގެ 18 ގައި 10،000 މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އޭގެ ފަހުން ނޮވެމްބަރު މަހުގެ ތެރޭގައި ސައުދީން ވަނީ 20،000 މީހުންނަށް އުމްރާ ވުމުގެ ފުރުސަތާއި ހަރަމްފުޅަށް ވަދެ ނަމާދު ކުރުމުގެ ފުރުސަތު 60،000 މީހުންނަށް ފުރުސަތު ދީފައެވެ.

މިހާރު ސައުދީ އަރަބިއްޔާ އިން ނިންމާފައި ވަނީ ޒުލްހިއްޔާ މަހުގެ 15 ވަނަ ދުވަސް (އޮގަސްޓް މަހުގެ 23) ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު 20000 މީހުންނަށް އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Happy

    😭😔☹️

  2. ސަނަމް

    ކޮވިޝިީލްޑް އަކީ އެސްޓްރާޒެނެކާ ވެކްސިން. ވާނުވާ އެނގިގެން ޚަބަރު ލިޔެބަލަ.

    1
    3