އިންޑިއާ އޮޑިޔާ ވިލޭޖްގެ ގެއެެއްގެ ތެރެއިން ސަތޭކއަށްވުރެ ގިނަ ވިހަގަދަ ހަރުފަތަކެއް ފެނިއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު މީހުން އުޅޭ ގެއެއްގެ ތެރެއިން ކޯބްރާ އާއިލާގެ ހަރުފަތަކާއި، އަދި ހަރުފަ ބިސްތައް ފެނުނުއިރު، ބޮޑު ދެ ހަރުފައެއް ފެނިފައިވެއެވެ. ފޮރެސްޓް އޮފިޝަލުން ބުނީއެގެއިން ފެނުނު ބޮޑު ދެ ހަރުފައިގެ ދިގުމިނުގައި 2.10 މީޓަރު ހުންނާނެ ކަމަށެވެ.

އެ އޮފިޝަލުން ބުނިގޮތުގައި، މީހުން ދިރިއުޅޭ ގެއެއްގެ ތެރެއިން އެ ހަރުފަތައް ފެނުމުން ހަރުފަތައް މީހުން ނޫޅޭ ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެހެންކަމުން މިހާރު ޖަންގައްޔަކަށް އެ ހަރުފަތައް ދޫކޮށްލުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އެ އޮފިޝަލުން އެގެއަށް ގޮސްފައި ވަނީ، އެގޭގެ އެކި ހިސާބުތަކުން ހަރުފަތައް ދުވާ ތަން ފެނިގެން އެގޭގެ ވެރިމީހާގެ އެދުމުގެ މަތިންނެވެ. އެ ހުރިހާ ހަރުފަތަކެއް އެގެއިން ފެނިފައި ވަނީ ފަސް ގަޑިއިރު ވަންދެން އެގެ ބެލުމަށްފަހުކަމަށް ވެއެވެ. މި ހަރުފަތައް އެއްވެސް މީހަކަށް ޙަމަލާދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު