އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ ކިނާއުރް ޑިސްޓްރިކްޓުގައި ބްރިޖެއް ވެއްޓި ހިނގި ހާދިސާގައި ނުވަ މީހަކު މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި،މި ހާދިސާ ހިނގާފައި ވަނީ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އުސް ފަރުބަދައެއްގެ މަތިން ބޮޑެތި ހިލަތަކެއް ފުރޮޅެމުން ތިރިއަށް އައުމުގެ ތެރެއިން ބްރިޖް ހަލާކުވެގެންނެވެ. މި ހާދިސާގެ ތެރެއިން ނުވަ މީހަކު މަރުވެ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިނާއު ޑިސްޓްރިކްޓުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުން މި ހާދިސާގައި މަރުވި ނުވަ މީހުންނަކީ އެ ސަރަހައްދުން އުޅަނދެއްގައި ދަތުރުކޮށްފައި ދިޔަ ފަތުރުވެެރިންތަކެކެވެ.
އުސް ފަރުބަދަ މަތިން ހިލަަތައް ސަންގްލާ ޗިޓްކުލް މަގަށް ފައިބާފައިވާއިރު، އޭގެ ސަބަބުން މަގުން ހިނގަމުންދިޔަ މީހުންނާއި، އެ މަގުގައި އުޅަނދުތަކުގައި ދަތުރުކުރަމުންދިޔަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
"ދަތުރުކުރަމުންދިޔަ އުޅަނދުގައި ތިބި މީހުންނަކީ ގައުމުގެ އެކި ސަރަހައްދުތަކުން ކިނާއުރްއަށް ޒިޔާރާތްކުރި މީހުން. ފުލުހުންގެ ހޯމް ސެކިއުރިޓީ ޑިޕާޓްމެންޓްގެ އޮފިޝަލުންނާއި އައިޓީބީޕީ ޓީމުން ވަނީ އެ ސަރަހައްދުގައި ރެސްކިއު އޮޕަރޭޝަން ކުރިޔަށް ގެންދިޔުމަށް އެތަނަށް އެވަގުތު ހާޒިރުވެފައި" ފުލުހުން ބުނެފައިވެއެވެ.
އިއްޔެ ހިނގި މި ހާދިސާގެ ސަބަބުން ބައެއް އެއްގަމު އުޅަނދުތަކާއި، ގެދޮރުތަަކަކަށް ގެއްލުންވެފައިވެއެވެ.
އިންޑިޔާ މީހުންގެ މަ ސައްކަތުގެ ފެންވަރުމިއީ
މިމީހުން އަޅާ ބްރިޖް ދަތުރުކުރުން ހެޔޮވާނެތަ؟ ރާއްޖޭގަ މިކަހަލަ ބްރިޖް އަޅައިގެން ނުވާނެ.
އިންޑިޔާމީހުންލައްވާ ބްރިޖު ނާޅާތި.
އިންޑިއާ އައުޓް
މިވަރު ބައެއްލައްވަ ބުރިޖް އަޅަން މިއުޅެނީ!