ގްރީސްގެ ދެކުނު އައްސޭރީގައި އޮންނަ އަވަށެއް ކަމަށްވާ، މެތޯނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަޑުން 5.8 ގެ ބާރުމިނުގައި މެތޯނީގެ ބިމުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ.

މިއަދު ގްރީސްގައި ބިންހެލުން އައި ސަރަޙައްދަކީ ގިނަ ޢަދަދެއްގެ ފަތުރުވެރިން ދަތުރުކުރާ، ފަތުރުވެރި މަންޒިލެކެވެ. އެ ސަރަޙައްދަށް ބިންހެލުން އައި ވަގުތު އެ ގިނަ ބަޔަކަށް ބިންހެލުމުގެ ލޮޅުންތައް އިހުސާސް ކުރެވުނެވެ.

މި ބިންހެލުން އައި ސަރަޙައްދަކީ ތާރީޚީ ބިނާތައްވެސް ގިނަ ސަރަޙައްދަކަށްވާއިރު، ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ. މި ބިންހެލުމުގައި އެއްވެސް މީހަކަށް އަނިޔާވެގެން މިހާތަނަށް ރިޕޯޓްކޮށްފައި ނުވާކަމަށް ގްރީސްގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

މިއަދު ގްރީސްގެ އިތުރުން އެމެރިކާ އާއި ޔޫރަޕްގެ ސަރަޙައްދަކަށްވެސް ބާރުގަދަ ދެ ބިންހެލުމެއް އަިއސްފައި ވެއެވެ. މި ބިންހެލުންތައް އަންނަމުން މި ދަނީ، އެމެރިކާ ސަރަޙައްދަށް އަންނާނެ ކަމަށް ބުނާ ބޮޑު ބިންހެލުން އަންނަ ތާރީޚު އަވަސްކޮށްފައި ވަނިކޮށެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި، ބޮޑު ބިންހެލުމުގެ އެންމެ ފަހުގެ އަލާމާތްތަކަކީ އާދަޔާއި ޚިލާފަށް ކުދި ބިންހެލުންތައް އިތުރުވުމެވެ. ބޮޑު ބިންހެލުން އަންނާނެ ކަމަށް ބެލޭވޭ ސަރަޙައްދެއް ކަމަށްވާ ހަވާއީއަށް އިއްޔެ އެކަނިވެސް 130 އަށްވުރެ ގިނަ ކުދި ބިންހެލުން ވަނީ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު