ސައުދީ އަރަބިއްޔާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މުގުރައި އެ ގައުމުގައި މީހުން ދަތުރުކުރުން މަނާކޮށްފައި ނުވަތަ "ރެޑް ލިސްޓް"ގައި ހިމަނާފައިވާ ސިޓީތަކާއި ގައުމުތަކަށް ދަތުރުުކުރާ މީހުން ތިން އަހަރަށް ރަށު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް އެސްޕީއޭ ނޫހުން ބުނެފިއެވެ.

އިންޓީރިއާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު އެސްޕީއޭ ނޫހަށް ބުނީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މުގުރައި، ގަވާއިދުގެ ބޭރުން އަމަލުކުރަމުންދާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ކަނޑައެޅިފައިވާ ކަމަށެވެ. އޮފިޝަލް ބުނީ އެގައުމުން ދަތުުރުކުރުން މަނާކޮށްފައިވާ ގައުމުތަކާއި ސިޓީތަކަށް ދަތުރުކޮށް، އެ މީހަކު އެނބުރި އައުމުން ތިން އަހަރު ވަންދެން ރަށު ބަންދުގައި ހައްޔަރު ކުރާނެ ކަމަށެވެ.

ސައުދީން ސީދާކޮށް އަދި ނުސީދާކޮށް ވެސް ދަތުރުކުރުން މަނާ ގައުމުތަކެއް ވަނީ ކަނޑައަޅާފައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ދަތުރުކުރުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، އާޖެންޓީނާ، ބްރެޒިލް، މިސްރު، އިތޯޕިއާ، އިންޑިއާ، އިންޑޮނޭޝިއާ، ލުބުނާން، ޕާކިސްތާން، ދެކުނު އެފްރިކާ، ތުރުކީ، ވިއެޓްނާމް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ.

އިންޓިރިއާ މިނިސްޓްރިގެ ބަޔާނުގައި ބުނަނީ ސީދާކޮށް އަދި ނުސީދާކޮށް އަދި އެހެން ގައުމެއް މެދުވެރިވާ ގޮތަށް ވިޔަސް ސައޫދީ މީހުން ދަތުރު ކުރުން މަނާ ގައުމަކަކަށް ދަތުރުކޮށްފި ނަމަ މިވަގުތަށް އޮތް އަދަބަކީ ރަ ށުބަންދު ކަމަށެވެ. އިންޓިރިއާ މިނިސްޓްރީން މިއަމުރު ނެރުނީ ވެކްސިން ފުރިހަމަކުރުމުން ބޭރު ގައުމުތަކަށް ދަތުރުކުރެވޭ ގޮތަށް ސިއްހީ އިދާރާތަކުން ހުއްދަކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު