އިންޑޮނޭޝިއާގެ ސުމަޓްރާއަށް 2004 ވަނަ އަހަރު ބިންހެލުމެއް އައިސް ގެއްލުންބޮޑު ސުނާމީއެއް އެރުމުގެ ކުރިން، އެޤައުމުގައި ހިންގިފަދަ ބޮޑު ގަތުލުޢާންމެއް، ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ މާލީގައި ހިންގައިފިއެވެ.

މާލީގެ މެދުތެރޭގައި އޮންނަ އަވަށެއްގައި މިދިޔަ ހޮނިހިރު ދުވަހު މި ގަތުލުޢާންމު ހިންގައި ގިނަ ޢަދަދެއްގެ ބަޔަކު މަރާލާފައިވާއިރު، ބައެއް މީހުން ވަނީ ރަހީނުވެސް ކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނޭ ކަމަށް ނޫސްތަކުން ބުނެއެވެ.

ނޫސްތަކުން ބުނެފައިވާގޮތުގައި، އެފްރިކާ ސަރަޙައްދުގެ ޖަންގަލިތަކުގެ ތެރޭގައި އުޅޭ "ޑޯޒޯ" ނަމަކަށްކިޔާ ޖަމާޢަތަކުން މި ގަތުލުޢާންމު ހިންގާފައިވަނީ، މާލީގައި ހަމަނުޖެހުން ހިންގާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. އެގޮތުން މާލީގައި އެ ޖަމާޢަތަށް ތާއީދުކުރާ ބަޔަކުވެސް އުޅެމުންދާއިރު، އެފަރާތްތަކާއި އެނޫން މީހުނާއި މެދު މީގެ ކުރިން ކުރިމަތިލުންތައް ހިނގާފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު "ޑޯޒޯ" ޖަމާޢަތުގެ ޝިކާރަވެރިންގެ ބަޔަކު މާލީގެ ޢާންމުންނަށް މި ހަލަމާ އަމާޒުކުރިގޮތް ހާމަކޮށް މަންޒަރު ދުށް ފަރާތަކުން ނޫސްތަކުގައި ބުނެފައިވަނީ، އެމީހުން އަވަށަށް އަރައިގަތީ އަވަށް ވަށާލުމަށްފަހު ކަމަށެވެ. އަދި އެއަށްފަހު އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތައް ޢާންމުންގެ ތެރެއިން ވަކި ކުރުމަށްފަހު، ބާކީ ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ގަތުލުކޮށް މަރާލީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިފަދަ ގަތުލުޢާންމެއް މީގެ ކުރިން ހިނގާފައިވަނީ އިންޑޮނޭޝިއާގައެވެ. އެ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް މީސްމީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯތަކުން ފެންނަނީ ބޮޑެތި ވަޅިއާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ރަހުމުކުޑަ ބަޔަކު، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުނަށްވެސް ބެލުމެއް ނެތި ޢާންމުންނަށް ޙަމަލާދީ މަރަމުންދިޔަ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    އެކަމުވެސް މައްސަލައެއް ނެތެއްނު ތިޔައިން އެއްވެސް ބަޔަކަށް ޓެރަރިސްޓުންގެ ލަގަބެއް ނުދެއެއްނު އެއްވެސް ބޮޑު ޤައުމަކުން. އައިއެސް އެކަންޔެއްނު ޓެރަރިސްޓުންނަކީ....

    • ހިތާމަ

      ތާނަ އަކުރުގައި އޮންނަ "ޏ" އާއި "ޔ" އޮޅޭތީ ހިތާމަހުރި.

  2. ބުނެވޭނެ

    ތިޔަބުނާ ޤަތުލުޢާންމު އެކަނިތޯ ދުނިޔޭގައި ހިނގަނީ؟ ކޮބައިތޯ ކުށެއްނެތް މުސްލިމުން

    ކަތިލާ މަރާ އަންދާ އިއްފަތް ފޭރެމުންދާއިރު އެކަން ޤަތުލުޢާންމަކަށް ނުވަނީތޯ؟

    ތީ އަދި ކުޑަކަމެއް. ދުނިޔެ ނިމުމާ ވަރަށް ވަރަށް ގާތްވެއްޖެއެވެ.

    އަންނަ ހުކުރުދުވަސްވެސް ޤިޔާމަތްނުވާނޭ ބުނަން ދަތިވާހާ ކަންކަން

    ގާތްވެފައިވެއްޖެއެވެ.