އެމެރިކާގެ ސެނެޓުގެ ބައެއް މެމްބަރުން އިސްވެ އަހަރީ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ފަންޑިންގް ބިލަށް އިސްލާހު ގެނެސް، ޗައިނާ އިން އަންނަ އަހަރު އަަހަރުގެ ފިނި މޫސުމުގައި ބާއްވަން ހަމަޖެހިފައިވާ ކުޅިވަރުތައް ބައިކޮޓްކުރަން ތައްޔާރުވެއްޖެއެވެ.

މި ބިލަށް ގެނެވުނު އިސްލާހާއެކު އެމެރިކާގެ ސެނެޓުން ނިންމާފައިވަނީ އެމެރިކާގެ އޮފިޝަލުން ޗައިނާއިން 2022ވަނަ އަހަރު ބާއްވާ ފިނިމޫސުމުގެ ކުޅިވަރުތަކުގައި ބައިވެރިވާން ދިއުމަށް ފަންޑް ނުކުރުމަށެވެ. އޭބީސީ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުން އަދި މި ބިލަށް ގެނެވުނު އިސްލާހުު ފާސްކުރުމުގެ މަރުހަލާ ދަނީ ކުރިއަށެވެ.

ސެނެޓުން މި ބިލަށް އިސްލާހު ގެނައުމަށް އިސްކޮށް މަސައްކަތް ކުރަމުންދާ މެމްބަރަކު ވިދާޅުވީ އޭނާގެ ވިސްނުން ހުރީ އަހަރީ ޑިފެންސް ޕޮލިސީ ބިލު އިސްލާހުކޮށް، ޗައިނާގެ އެ ކުޅިވަރުތަކުގައި ބައިވެރިވާ އެމެރިކާގެ ކުންފުނިތަކާއި މެދުގައި އޮތް ކޮންޓްރެކްޓް ކެންސަލް ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގައި ދެތިން އަހަރު ވަންދެން ބެއިޖިންގްގައި ކުޅިވަރުތައް ކުރިއަށް ނުގެންދިއުމަށް އެދިފައިވާނެ ކަމަށެވެ.

އެމެރިކާގެ ސެނެޓުން މި މައްސަލަ ހޫނުކޮށް، ބިލަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަން ފަށާފައިވަނީ އައިއޯސީއިން ސިޓީއެއް ފޮނުވުމާއި ގުޅިގެންނެވެ. އެ ސިޓީގައި އައިއޯސީގެ ރައީސް ތޯމަސް ބަޗް ސޮއިކޮށް އެދިފައިވަނީ އިންސާނިއްޔަތާއި ދެކޮޅު އަމަލުތައް ހިންގައި، ވަކި ބަޔަކު ނެތިކޮށްލުމުގެ ނިޔަތުގައި އަނިޔާވެރި ޖަރީމާތަކެއް ހިންގަމުންދާ ސަރުކާރެއް އޮތް ގައުމެއްގައި އޮލިމްޕިކްސް ކުޅިވަރުތައް ނުބޭއްވުމަށެވެ.

ޗައިނާ ސަރުކާރުން މިލިއަނެއްހައި އުއިގާ މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރި ޖަރީމާތަކެއް ހިންގަމުންދާތީ އިންސާނީ ހައްގުތައް ހޯދުމަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ވެސް ވަނީ ޗައިނާގައި 2022 ވަނަ އަހަރު ފިނިމޫސުމުގައި ބާއްވާ ކުޅިވަރުތައް ބައިކޮޓް ކުރަން ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝަރަފު

    ދީންހިމާޔަތް ކުރަން ގޮވާ މީހުންނަށް ކެރޭނެބާ މިރާއްޖެވެސް ޗައިނާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކަށް ދެކޮޅު ހެދުމަށް ޗައިނާގައި އޮންނަ ކުޅިވަަރު ތަކުގައި ބައިވެރި ވުމާއި ދެކޮޅު މުޒާހަރާކުރަން؟

    1
    4