އެމެރިކާގެ އަލަސްކާ ޕެނިންސިއުލާއަށް ބާރުގަދަ ބިންހެލުމެއް އައުމާއިއެކު އެސަރަހައްދަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ 8.2 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. ބިންހެލުން އައިސްފައި ވަނީ އަލަސްކާ ކައިރިން ކަނޑުގެ 35 ކިލޯމީޓަރު އަޑިއަށެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ޕެންސިލްވޭނިއާގެ އައްސޭރިފަށުގެ އިތުރުން އެމެރިކާގެ ހަވާއީއަށާއި އެމެރިކާގެ ޓެރިޓަރީއެއް ކަމަށްވާ ގުއާމްއަށް ވެސް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދީފައެވެ.

އަލަސްކާއަށް ބާރުގަދަ ބިންހެލުން އައިފަހުން ބާރުގަދަ އިތުރު ހަތަރު ލޮޅުމެއް ވެސް ވަނީ އައިސްފައެވެ. އޭގެތެރެއިން އެއްލޮޅުން 6.2 މެގްނެޓިއުޑްގައި އައިސްފައި ވެއެވެ. އަނެއް ތިން ލޮޅުން އައީ 6.1 މެގްނެޓިއުޑާއި 5.6 މެގްނެޓިއުޑާއި 5.4 މެގްނެޓިއުޑްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞަކަރި

    އަލްހަމްދުލިއްލާހް

    4
    1
    • ވާނުވާ

      ކަލޭ ﷲ ހައް ތި ހަމްދު ކުރީ ބޮޑު މުސީބާތެއް ބަޔަކައް ކުރިމަތި ވީމަ..ކަލެޔައް އިނގޭތަ އެމެރިކާގަ ބައިވަރު މުސްލިމުން ވެސް ދިރިއުޅޭކަން؟ ކަލޭގެ ފިކުރު ވަރައް ވެސް ތިހުރީ ހައްދުފަހަނަ އަޅާފަ!

      3
      1
      • Anonymous

        ޢަޢިރުމުސްލިމުންނަށް ވިޔަސް އެބަޔަކަށް މުޞީބާތެ އް ނުވަތަ ހިތާމަ އެ އް ކުރިމަތި ވުމުން .އެކަމަށް އުފާފާޅު ކުރުމަކީ އަހަރުމެން މުސްލިމުންނަށްވެ ތިބެ ކުރަން ހެޔޮވާވަރުގެ ކަމެ އްނޫން، އަދި މި އު އއްމަތުގެ ނަބި އްޔާ ގެންގުޅު އްވި ސިފަ އެ އްވެސް ނޫން.

        4
        1