ކޮވިޑް-19 ވޭރިއަންޓްތަކުގެ ސަބަބުން ބައެއް ގައުމުތަކުގެ ހާލަތު ގޯސްވެފައި ވަނިކޮށް އަނެއްކާވެސް ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭ ވޭރިއަންޓެއް ނުވަތަ ކޮވިޑްގެ އާވައްތަރެއްގެ ވައިރަހެއް ފެނިއްޖެއެވެ. ކޮލަމްބިއާ އިން ފުރަތަމަ ފެނުނު މިވޭރިއަންޓް މިހާރު ވަނީ އެމެރިކާގައި ވެސް ފެތުރެން ފަށާފައެވެ.
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ކޮލަމްބިއާ އިން ފެނި އަދި މިހާރު އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ވެސް ފެތުރެމުން އަންނަ ކޮވިޑް ވޭރިއަންޓަކީ B.1.621 އެވެ. އެމެރިކަގެ ފްލޮރިޑާގެ މިއާމީން މިހާރު ވަނީ މިވޭރިއަންޓް ފެނިފައެވެ. ޑަބްލިއުއެޗްއޯ އިން ވޭރިއަންޓްތަކަށް ގްރީކްގެ ނަންތައް ދެމުން އައި ނަމަވެސް އަދި މިވޭރިއަންޓަށް ނަމެއް ދީފައެއް ނުވެއެވެ.
ފްލޮރިޑާގެ އޮފިޝަލުން ބުނާ ގޮތުގައި މިވޭރިއަންޓްގެ ސަބަބުން ބަލި މީހުންގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމެއް އަދި ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް މިއީ ވެސް ޑެލްޓާ ވޭރިއަންޓެކޭ އެއްގޮތއް ފަސޭހައިން ފެތުރެމުންދާ ވޭރިއަންޓެއް ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލުން ބުނެއެވެ. "މިހާރު ކޮވިޑް ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ޑެލްޓާ ވޭރިއަންޓް. އެއީ މާފަސޭހައިން ފެތުރެމުން އަންނާތީ. ހަމަ އެގޮތައް ކޮލަމްބިއާ އިން ފެނުނު އަދި އެހެން ގައުމުތަކަށް މިހާރު ފެތުރެމުން އަންނަ ވޭރިއަންޓަކީ ވެސް އެފަދަ ވޭރިއަންޓަކަށް ވެދާނެ." އޮފިޝަލަކު ބުންޏެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުކުރެވި ދިގުދެމިގެން ދާނަމަ އަދިވެސް އިތުރު ވޭރިއަންޓްތައް އުފެދުމުގެ ބިރު އެބައޮތް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އަދި ހާއްސަކޮށް ވެކްސިން ނުޖަހާ މީހުންގެ ކިބައިން ވޭރިއަންޓްތައް އުފެދުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.
ރާއްޖެނޫން އެހެން ގަމެއްނެތް އިންޑިއާ މީހުންނަށް މިހާރު ދެވޭނެ. އެހެންކަމުން އިންޑީއާ މީހުން ކަރަންޓީންވާ ހާއްޔަކަށް މިރާއްޖެ މިހާރު މިދަނީ ވަމުން. މިރާއްޖޭގަ 15 ދުވަހު އެމީހުން މަޑުކޮށްލުމުން، އިންޑިއާ މީހުނަށް މެދުއިރުމައްޗަށް އެބަދެވޭ. އަޑުއިވޭގޮތުގަ ޑެލްޓާ ވޭރިއަންޓް ބާރަށް އިންޑިއާގަ ދަނީ ފެތުރެމުން. ޚަބަރުތައް ލިބޭގޮތުން އިންޑިއާއިން އެމެރިކާއަށް ގޮސްފަވާ މިވޭރިއަންޓްގެ ސަބަބުން އެމެރިކާގެ ހާލަތު ވަނީ ގޯސްވެފަ. އަޅުގަނޑުމެން ސަރުކާރުގެ ނިންމުމަކީ ކޮބާބާ؟
ވަގުތުކުދިންކޮޅު ދައްކާލަން އެހެން ވާހަކައެއް ނެތީތަ މިމާތް ހުކުރު ދުވަހު....ބަލި ބައްޔާއި މުސީބާތްތައް ފިލާދާނީކީ ވެކްސިންތަކަކުން ނޫންކަން ތީގެ ކޮންމެ ލިޔުމެއްގެ ފަހަތުގަ ތަފްސީލް ކޮށްދީބަލަ....އިތުރަށް ފުރިހަމަވެގެންދާނެ ލިޔުން އޭރަށް
ކޮވިޑް 19 އާވައްތަރެއްގެ ބިހެއް އަޅައިފީ “ބިރުން ހަލާކު”