ކޮވިޑް-19 ވޭރިއަންޓްތަކުގެ ތެރެއިން އެންމެ ފަސޭހައިން ގައިން ގަޔަށް އަރާ ވޭރިއަންޓް ކަމަށްވާ ޑެލްޓާ ވޭރިއަންޓާއި ގުޅޭ ގޮތުން އެމެރިކާގެ ސީޑީސީ އިން ތައްޔާރުކޮށްފައިވާ ސިއްރު ލިޔުމެއް މީޑިއާއަށް ހާމަވެއްޖެއެވެ. މިލިޔުން ބުނާ ގޮތުގައި ޑެލްޓާ ވޭރިއަންޓް ޖެހުމުން ހާލު ބޮޑުވާ މީހުންގެ ނިސްބަތް ހަގީގަތުގައި މިހާރު އާއްމު ކޮށްފައިވާ ދިރާސާތަކުގައި ބުނާ މިންވަރަށްވުރެ އިތުރެވެ.
އަދި ޑެލްޓާ ވޭރިއަންޓަކީ އެންމެ ފަސޭހައިން ގައިން ގަޔަށް އަރާ ބަލި ކަމަށް ފާހަގަ ކުރެވިފައިވާ ފާނަބަސަނދުއަށް ވުރެވެސް ފެސޭހައިން ޑެލްޓާވޭރިއަންޓް ފެތުރޭ ކަމަށް ސީޑީސީގެ ލިޔުމުގައި ބުނެފައި ވެއެވެ.
ކޮވިޑުން ދިފާއުވުމަށް ދެމުން އަންނަ ވެކްސިނަކީ ބަލި ކޮންޓްރޯލް ކުރުމަށް އެންމެ މުހިއްމު އެއްކަންތައް ކަމަށާއި ނަމަވެސް ވެކްސިން ދީފައިވާ ފަރާތްތައް ވެސް ކޮވިޑަށް ފައްސިވަމުން ދާއިރު އަދި ކޮވިޑް ޖެހުމުން ހާލު ގޯސްވެދާނެ ފަދަ ބަލިތައް ޖެހިފައިވާ ފަރާތްތަކަށް ވެކްސިން ދީފައިވާއިރު ވެސް ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ނުރައްކާ އިތުރުވެދާނެ ކަމަށް ލިޔުމުގައި ބުނެފައި ވެއެވެ.
ލިޔުމުގައި ވެސް ބުނެފައި ވަނީ ކޮވިޑްގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ މީހުން މާސްކް އެޅުން މަޖުބޫރު ނޫން ކަމަށް އެމެރިކާގެ ސީޑީސީ އިން ނިންމުމަށްފަހު މިހާރު ވަނީ އެނިންމުން ބަދަލުކޮށްފައެވެ. މިހާރު ސީޑީސީ އިން އަންގާފައި ވަނީ ބަންދުވެފައި ހުންނަ ތަންތަނުގައި އުޅޭނަމަ ހުރިހާ އެންމެން ވެސް އަބަދުވެސް މާސްކް އަޅައިގެން ތިބުމަށެވެ.
އެމެރިކާގައި ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ވުމަށްފަހު މިހާރު އަނެއްކާވެސް އެމެރިކާގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ.
އެމެރިކާ ބުނެފިއްޔާ އެ ދެން ކަށަވަރުވީތާ ދޯ....؟ލޮލަށް ހިކިމިރުސް ކުނޑި އެޅުނަސް ތިވަރު ވެދާނެކަމަށް ގަބޫލު ކުރަން ދަތި...ނޫސްވެރިން އެމީހުންގެ ވަޒީފާ އަދާ ކުރުމުގަ ބަލާނެތާ އާންމުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިގަނެވޭނީ ކޮން ހަބަރަކުންތޯދޯ...ތެދެއް ދޮގެއް ހަގީގަތެއް، އެ ހަބަރެއްގެ ސަބަބުން މުޖުތަމައު އަށް ކުރާނެ ނުވަތަ ކޮށްފާނެ ނޭދެވޭ އަސަރެއް މިއީ ބަލަން ޖެހޭ ކަން ކަން ކަމުގައި ނޫސްވެރިންގެ އަމަލުތަކުން ނުފެނުން އެއީ ކުރިމަގާމެދު ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް...ކުރީ ޒަމާނުގަ ފައިސާ ފޮއްޗެއް ދިނީމަ ގޮސް ބާޒާރުމަތީގަ ބެރު ޖަހާ ވާހަކަ ކިޔާ އުޅުނު މީހުން ނަށްވުރެ ޒިންްމާދާރުވާން އެބަޖެހޭ ...ގައުމުގަ ހަމަ ޖެހުން އޮތް ްއެއްވެސް ދިމާލެއް ނެތް އިރު ފައިސާ ހޯދުމަށް ކުރަން ވެސް ތީ ވަރަށް ހުތުރު ދަށުދަރަޖައިގެ ކަމެއްގެ ގޮތުގައި ބެލެވޭ...ކޮވިޑް ގެ ތިބުނާ ވޭރިއަންޓެއްގެ ހުރި ނުރައްކަލެއް ދިވެހިންވެސް މިތިބީ ދެކިފަ ...ތި ބުނާ ލިޔުމުގަ އެވާ ހާ ވަރެއް ނަމަ ދެތިން ދުވަހުން މާލޭ އެންމެން އެއްފަހަރާ ޖެހި ހުސްވީސްތާދޯ...ސިކުނޑި އަނބުރާލީމަ ހިތައް ކަންކަން ފެންނަ އޮންނަނީ އެންމެ ގޮތެއް... އެއީ ވަކި އަތަކަށް ނުޖެހޭ ސާފު އިހްލާސްތެރިކަމާ އެކު ސިކުނޑި ހުޅުވާލުން...
ލިޔުމުގައި ވެސް ބުނެފައި ވަނީ ކޮވިޑްގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށެވެ....... ތީ ބޮޑު ރޭވުމެއް ބލިޔުމުގައި ވެސް ބުނެފައި ވަނީ ކޮވިޑްގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށެވެ ....... ... ތީ ބޮޑު ރޭވުމެއް ހުސް ފޭކް
ކޮވިޑަކީ 19 އަކީ ބިސް އަޅާ ވިހާ އެއްޗެކެވެ.
އޭތީ ( ކޮވިޑް19) ބިސްއަޅާ ކޮއްމެފަހަރަކު އެތައްވައްތަރެއްގެ ތަފާތު ބިސް އަޅައެވެ.
އޭތި (ނުރައްކާ މުޑުދާރު ކޮވިޑް 19)ބިސް އަޅާ ވިހާ ކޮއްމެ ފަހަރަކު މީޑިއާތަކުން ފުޅާދާްިރައެއްގައި އެކަން އިޝްތިހާރު ވެސް ކުރެއެވެ.