އެމެރިކާއިން އަނެއްކާވެސް އިސްރާއީލް އަށް 18 އަސްކަރީ ހެލިކޮޕްޓަރު ވިއްކަން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މިދިޔަ ހުކުރު ދުވަހު އާންމު ކޮށްފައިވާ ބަޔާނުގައިި ބުނެފައިވަނީ އެމެރިކާގެ އަސްކަރިއްޔާގައި މިހާރު ބޭނުންކުރާ އެންމެ ބޮޑު އަދި އެންމެ ބަރު ހެލިކޮޕްޓަރުތައް ކަމުގައިވާ "ސީ-އެޗް-53-ކޭ" ހެލިކޮޕްޓަރުތައް އިސްރާއީލަށް ވިއްކަން އެއްބަސްވެފައިވާ ކަމަށެވެ.

އެއީ 3.4 ބިލިއަން ޑޮލަރުގެ ޑީލެއް ކަމަށާއި އެ ޕެކޭޖުގައި އިންޖީނާއި، ނެވިގޭޝަން ސިސްޓަމްތަކާއި، ހަތިޔާރާއި، ޓެކްނިކަލް ސަޕޯޓު އިކުއިޕްމެންޓްތަކާއި ސްޕެއާވެސް ހިމެނޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާއިން ވެފައިވާ އެއްބަސްވުމުގެ މަތީގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެގައުމުން ވަނީ ދީފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނުގައި އިސްރާއީލުގެ ދިފާއީ ގާބިލުކަން އިތުރުކުރުމަކީ އެމެރިކާގެ މަސްލަހަތު އެކަމުގައި އެކުލެވޭ ކަމެއް ކަމުގައިވެސް ފާހަގަ ކޮށްފައިވެއެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ވެސް އެމެރިކާއިން ވަނީ އިސްރާއިލަށް 735 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކައިފައެވެ. އެމެރިކާ އިން އިސްރާއީލަށް ވިއްކި ހަތިޔާރުތައް އިސްރާއީލަށް ގެންގޮސްފައި ވަނީ މެއި މަހުގެ 05 ވަނަ ދުވަހުއެވެ. އިސްރާއިލުން މޭ މަހު ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް 11 ދުވަސް ވަންދެން ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދިޔައީ އެމެރިކާއިން ހަތިޔާރުތައް ގެންދިޔަތާ ހަފްތާއެއްހައި ދުވަސް ފަހުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލަށް އެމެރިކާ އިން ހަތިޔާރު ވިއްކާފައި ވަނީ ކޮންމެ އަހަރަކު އެމެރިކާ އިން އިސްރާއީލަށް ހިލޭ އެހީއާއި އެހެނިހެން އެހީތައް ފޯރުކޮށްދިނުމަށް ވެފައި އޮންނަ އެއްބަސްވުމާ ހިލާފަށް ކަމަށް ވެސް އޭރު ކޮންގްރެސް އިދިކޮޅު މެންބަރުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. .......

    ފަލަސްތީންގެ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ ވާ އެހީ ފެނޭބާ...އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޔަހޫދީންގެ ރޮތްސް ޗައިލްޑް އާއިލާ އާއި އޮތީ ކޮން ގުޅުމެއްކަން ނޭނގޭ ވެރިޔަކު އިސްލާމީ ގައުމަކު އެބަހުރިބާ...މުސްލިމު ގައުމަތަކަށް ވެރިވެގަނެގެން ތިބި ގައްދާރު ވެރިން މުސްލިމުންގެ ފުރާނަ ވިއްކައިގެން ބަނޑުއަޅައިގެން ތިބޭތަން އަހަރެނެންނަށް ފެންނާނީ ކޮން ދުވަހަކުންބާ...ވޯޓްލާ ދުވަހު ފައިސާ ގެ ނޫޓަށް ނުބަލާ ފައިސާގެ ހަގީގަތަށް ބަލާލުން ކީއްތޯ....

    2
    1
    • ޢަހުމަދުވަގާރު

      ފަލަސްތީނކާ އަހަރެމެން ނާ ކޮންކަމެއް.އަހަރެން މަސައްކަތް ކުރަނީ ފެޑްއެކްސްގަ ،ބަރާބަރަށް މުސާރަ ދޭ.