ދަރިއަކު ނުލިބިގެން އުޅޭތާ އަށް އަހަރު ފަހުން އިންޑިއާގެ އަންހެނަކަށް އެއްމާބަނޑު ހަތަރު ކުދިން ލިބިއްޖެއެވެ.

އުމުރުން 32 އަހަރުގެ އެ އަންހެން މީހާއަށް އެއްމާބަނޑު ހަތަރު ކުދިން ލިބިފައިވަނީ ދަރިން ނުލިބިގެން އުޅޭތާ އަތް އަހަރުފަހުން "އިންވިޓްރޯ ފާޓިލައިޒޭޝަން" (އައިވީއެފް) ހަދައިގެން ކަމަށް ދިއްލީގެ ހޮސްޕިޓަލަކާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ދިއްލީގެ ދެކުނަށް ހުންނަ ސީޑްސް އޮފް އިނޮސެންސް ހޮސްޕިޓަލުން ބުނީ އެ އަންހެން މީހާ ވިހާފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

އަންހެން މީހާ ވިހާފައިވަނީ ތިން ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖެކެވެ. އެކުދިންގެ ހާލު ރަނގަޅު ކަމަށް ވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެއެވެ.

އައިވީއެފް ހެދުމުގެ ކުރިން އެމީހުން ދަރިއަކު ހޯދަން ވެގެން އެސިސްޓެޑް ރެޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭއާރުޓީ) ފަދަ ކަންކަން ކުރުމަށް ވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެކަންކަން ކާމިޔާބު ނުވުމުން އެދެމަފިރިން ވަނީ އައިވީއެފް ހަދާފައެވެ.

އެ އަންހެން މީހާ ވިއްސުމުގައި ހަރަކާތްތެރިވި ޑޮކްޓަރަކު ބުނީ، އަންހެން މީހާ މާބަނޑުކަން އެނގުނު ހިސާބުން ވިހެއުމާއި ހަމައަށް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވި ކަމަށެވެ. އޭގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ވެސް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ކަމެއް ކުރިމަތި ނުވާ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު