އަފްޣާނިސްތާނުގެ ސަރުކާރުން ތާލިބާނުން އެގައުމުގެ ބޮޑެތި ސިޓީތަކަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުން ދިފާއުވުމަށް މަސައްކަތްކުރަމުން ދަނިކޮށް އެގައުމުގެ ދެކުނުގައި އޮންނަ މައި އެއާޕޯޓަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

އަފްޣާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަންޑަހަރްގެ އެއާޕޯޓަށް ތާލިބާނުން މިއަދު 3 ރޮކެޓް ހަމަލާއެއް ދިނުމުން ފްލައިޓް ދަތުރުތައް ކުރުން ވަނީ ހުއްޓާލައިފައެވެ.

އެއާޕޯޓުގެ ޗީފް މަސްއޫދް ޕަޝްތޫން ބުނީ ތާލިބާނުން އަފްޣާނިސްތުގެ ބާރުބޮޑު އެއާޕޯޓަކަށް އަމާޒުކޮށް ފޮނުވި ރޮކެޓު ހަމަލާތަކުގެ ތެރެެއިން 2 ހަމަލާއެއް އަރާފައިވަނީ ވަނީ އެއާޕޯޓްގެ ރަންވޭއަށް ކަަމަށާއި، އެތަންތަން މަރާމާރުގެ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކާބުލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ވަނީ މިފަދަ ހަމަލާއެއް އަރާފައިވާކަން މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.

ހަމަލާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައިވާކަމެއް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

ތާލިބާނުގެ ތަރުޖަމާނު ޒަބިއުﷲ މުޖާހިދް ރޮއިޓާސް ނޫސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ ތާލިބާނުން ކަންޑަހަރްގެ އެއާޕޯޓަށް ހަމަލާދީފައިވަނީ އެމީހުންގެ ދުޝްމަނުން [އަފްޣާނިސްތާނަށް ނިސްބަތްކޮށް] އެގައުމުގެ މީހުންނާއި ދެކޮޅަަށް ވައިގެ ހަމަލާތައްދޭ މައި ސެންޓަރެއްގެ ގޮތުގައި އެ އެއާޕޯޓު ބޭނުންކުރަމުންދާތީ ކަމަށެވެ.

އަފްޣަާނިސްތާނާއި ތާލިބާނާއި ދެމެދު އަނެއްކާވެސް ހަމަލާތައް ބަދަލުކުރުމަކަށް ގޮސްފައިވަނީ މިދިޔަ މޭ މަހު އެމެރިކާގެ އަސްކަރީ ފައުޖުތަކާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ފޭބުމާއި ގުޅިގެންނެވެ. ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ބޮޑު ސަރަހައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ....

    އަފްޣާނިސްތާނުން ތާލިބާނުންނަށް ވައިގެ ހަމަލާދިން އަދި ދޭ ވާހަކ ަމި ނޫހުން ގެނެސް ނުދެނީ ކީއްވެބާ....ސުރުހީ ކިޔާފަ މަހީކުރީ ހަމަ ތިއްބާ ތޯލިބާނުން އަފަޣާނިސްތާނަށް ހަމަލާ ދިނީކަމަށް....ވަރަށް ރުޅިވެސް އައި އެހެންވެ...އެކަމަކު ހަބަރު ކިޔާލީމަ މި އެނގުނީ ގޯހީ އަފްޣާނިސްތާނުންކަން....ކަން ކަން ފޯރުކޮށްދެންޏާ އެއްބައި ފޮރުވާފަ އަނެއްބައި ދެއްކީމަ އުފެދޭނީ ފިތުނަކަން ނޫސްވެރިންނަށް އެނގެން އެބަޖެހޭދޯ