ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 789 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު، ހަތަރު ވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެ، ހަވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އެގައުން ދުވާލެއްގެ މައްޗަށް 700 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ރަޝިއާއިން މި ބަލި ޖެހިގެން މިހާތަނަށް 159،352 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 22،804 މީހަކު ބައްޔަށް ފައްސިވެފައިވާއިރު، ޖުމްލަ ފައްސިވި އަދަދު މިހާރު ވަނީ 6،288،677 އަށް އަރާފައެވެ.

ރަޝިއާއިން އެއް ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އެންމެ ގިނަ މީހުން އެއްދުވަސް ތެރޭ މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 16، 24 އަދި 29 ވަނަ ދުވަހުއެވެ. އެދުވަސްތަކުގައި 799 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ރަޝިއާއިން ބަލި ޖެހުނު މީހުންގެ ތެރެއިން 5،625،890 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެގައުމުގައި ބަލި ޖެހިފައިވާ 503،435 މީހަކު އެބަ ތިއްބެއެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެންނެވެ.

އެގައުމުގައި ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު 2،000 މަތި ނުވާތީ ބައެއް ފަރާތްތަކުން ވަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު ސަރުކާރުން ސިއްރު ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު