އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ފަލަސްތީނުގެ ގިނަ ބަޔަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފަލަސްތީނުގެ ރެޑްކުރެސެންޓުން މިދިޔަ ހުކުރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ފަލަސްތީނަށް އުފަން ގާތްގަނޑަކަށް 270 މީހުންނަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ވަނީ ހަމަލާދީފައެވެ.

ރެޑްކުރެސެންޓުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި، މުޒާހަރާގެ ބައިވެރިންނަށް އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ވަނީ އިސްރާއީލްގެ ސިފައިން ބޭނުންކުރި ކަރުނަ ގޭހުގެ ސަބަބުންނެވެ. އަދި އެ މައުލޫމާތުގައި ބުނެފައިވަނީ ހުކުރު ދުވަހު އިސްރާއިލުގެ ދިފާއީ ބާރުތަކުން މުޒާހަރާ ވެރިންނާއި ދެކޮޅަށް ދިން ހަމަލާތަކުގައި އަނިޔާވި މީހުންނަށް ފަރުވާދޭން ޖެހުނު ކަމަށެވެ. އޭގެ ތެރޭގައި ކަރުނަ ގޭހުގެ ސަބަބުން ފަރުވާހޯދި މީހުންނާއި، އަލިފާނުން ފިހިގެން ފަސް މީހަކަށް އަދި ރަބަރު ވަޒަނުގެ ސަބަބުން ޒަހަމްވެ 50 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.

މިދިޔަ މެއި މަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ. އިސްރާއިލްގެ ދިފާއީ ބާރުން އޭއެފްޕީ ނޫހަށް މައުލޫމާތުދެމުން ބުނީ ސިފައިން ހަމަލާ ދީފައިވަނީ، ފަލަސްތީނުގެ މުޒާހަރާވެރިންގެ ތެރެއިން 150 މުޒާހަރާވެރިން އެމިހުންނާއި ދިމާއަށް އޮއްގައި އުކާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމާ ގުޅިގެން ކަމަށެވެ.

އިސްރާއިލުން އަންނަނީ ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ނިމުމެއް ނެތެވެ. ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ގައުމުގެ ރައްޔިތުންނަށް ދަތިކުރުމުގެ ގޮތުން އޮފިސްތަކާއި، ހޮސްޕިޓަލްފަދަ ތަންތަނަށް އަމާޒުކޮށް އަންނަނީ ހަމަލާދެމުންނެވެ.