ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދީފައި ވަނިކޮށް ކޮވިޑަށް ފައްސިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަ ނަމަވެސް އެމެރިކާގެ މެސަޗޫސަޓްސްގައި ވެކްސިން ފުރިހަމަ ކޮށްފައިވާ ގިނަ ބަޔަކު ކޮވިޑަށް ފައްސިވުމުން ވެކްސިނަށް ނުހަލާ ކޮވިޑެއް ފެތުރެނީތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މެސަޗޫސެޓްގައި ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ 469 މީހުންގެ ތެރެއިން 346 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ވެކްސިން ފުރިހަމަ ކޮށްފައިވާ %74 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާ މިހައި މަތީ އިންސައްތައެއްގެ މީހުން މިހާތަނަށް އެހެން އެއްވެސް ސަރަހައްދަކުން ކޮވިޑަށް ފައްސިވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނެތެވެ.

ވެކްސިން ފުރިހަމަ ކޮށްފައި ވަނިކޮށް ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 274 މީހުންގެ ގައިން ވަނީ ބަލީގެ އަލާމާތްތައް ފެނިފައެވެ. ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނީ ހަތަރު މީހުންނެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާ އެއްވެސް މީހެއްގެ ހާލު ސީރިއަސް ވެފައެއް ނުވެއެވެ.

އިތުރަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން 133 މީހުންގެ ގައިން ފެނުނީ މިހާރު އެންމެ ހަލުވިކޮށް ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓެވެ.

އެމެރިކާގެ ސީޑީސީ އިން ބުނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ކަމަށް ރިޕޯޓް ލިބުނު ނަމަވެސް އެއީ ވެކްސިނަށް ނުހަލާ ކޮވިޑްގެ ސަބަބުން ކަމެއް ނުވަތަ ވެކްސިންގެ އަސަރު ކުރާ މިންވަރު ދަށްވުމުގެ ސަބަބުން ދިމާވި ކަމެއްކަން އަދި ނިންމަން އަވަސް ކަމަށެވެ.

ނަމަވެސް މީޑިއާ އަށް މައުލޫމާތު ދިން ސިއްހީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ ގިނަ ބަޔަކު ކޮވިޑަށް ފައްސިވުމަކީ ވެކްސިނަށް ނުހަލާ ވައިރަހެއް އުޅުން ނުވަތަ ވެކްސިންގެ އަސަރު ކުރާ މިންވަރު ދަށްވުމުގެ ސަބަބުން ދިމާވާ ކަމަކަށް ވުމުގެ ފުރުސަތު ބޮޑު ވުމުން ދިމާވާ ކަމަށްވުން ގާތް ކަމަށެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ވެސް ކޮވިޑުން ރައްކާތެރިވުމަށް މާސްކް އެޅުމާއި، އަދި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް ބޯލަނބަން ޖެހެނީ ވެކްސިން ފުރިހަމަ ކުރުމުން ވެސް ކޮވިޑް ޖެހުމުގެ ފުރުސަތު އޮތުމުން ކަމަށް ސީޑީސީ އިން ބުނެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން މާސްކް އެޅުން މަޖުބޫރު ނޫން ކަމަށް ސީޑީސީ އިން ނިންމާފައިވާ ނިންމުން މިހާރު ވަނީ ބަދަލުކޮށްފައެވެ. ވެކްސިން ފުރިހަމަ ކުރި ނަމަވެސް މިހާރު އެއްވެސް އިމާރާތެއްގެ އެތެރޭގައި ހުންނައިރު މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދުއްﷲ ޙަމީދު

    ކޮވިޑް ވިޔަފާރި ފުޅާވަނީ ، ރައްޔިތުން ބިކަ ވަނީ....

  2. އެންޓި ވެކްސް ތެރަޕީ

    އަނެއްކަ އަނެއް ވެކްސިން ހަދާ. ޑެލްޓާ ވެކްސިން ބިގް ފާމާ މާފިޔާއިން. ވެކްސިން ވިޔަފާރި ފުޅާކުރަން އަނެއްކަވެސް ޗާންސެއް ތިހޯދައި ގަނެވުނީ.

  3. ޝީޕް

    ތިފެންނަން ފެށީ ވެކުސިންގެ ަސަރުގެ ފުރަތހަމަ ސްތޭޖް . ވ ވެދުން. އަދިކުރިަށް އޮތީ މަދުމަދުނގޮސް މަޜާ ހަގުރާމަކުރާހިސާބަށޤދާނެކަމަށް ހެޔޮލަފާ ދޮކްތަރުން ނާއި ސައިންތިސްޓުން ދަނީ އިންޓަރނެޓްގަ ހާމަކުރަމުން . މީދިޑިއާއިން ދުގުހަދާތީ.

  4. ނުބުނާ

    ވެކްސިނަށްވުރެ ވައިރަސް މޮޅުވީ ކަމަށް ނިންމޭނީ އަދި ފަހުން އެކަން ނުފޮރުވޭ ހިސާބަށް ދިއައިމަ. މިހާރު އަދި ކިޔާނީ ވެކްސިނަށް ހަލައޭ. ބިލިއަން ޑޮލަރުގެ ވިޔަފާރި ފެނަށް ދާނީ މިހާރު އެއްޗެކޭ ބުނެގެން.