މިހިނގާ އޮގަސްޓް މަހު އދގެ ސަލާމަތީ މަޖިލީހުގެ ރައީސް ކަމަށް އިންޑިއާ ކަނޑައަޅައިފިއެވެ.
ފާއިތުވި ޖުލައި މަހު ރައީސްކަން ކުރީ ފްރާންސުންނެވެ.
1946ވަނަ އަހަރު އދގެ ސަލާމަތީ މަޖިލިސް އުފެދުނު ފަހުން ކަންކުރަމުން އަންނަނީ ސަލާމަތީ މަޖިލީހުގެ ރައީސްކަން ކޮންމެ މަހަކު ބަދަލުވާ ގޮތަށެވެ. އެ މަޖިލީހުގައި ހިމެނޭ 15 މެމްބަރު ގައުމުގެ މެދުގައި ކޮންމެ މަހަކު ވަކި ގައުމަކުން ޒިންމާ ނަގައި ހަވާލުކުރާ ގޮތަށެވެ.
Thank you Ambassador @NDeRiviere, PR of France for steering the UN #SecurityCouncil for the month of July. 👏
India takes over the Presidency for August ⬇️ @MEAIndia @IndiaembFrance @franceonu @FranceinIndia @afpfr @Yoshita_Singh pic.twitter.com/fCAdYj244g
— Amb T S Tirumurti (@ambtstirumurti) August 1, 2021
ސަލާމަތީ މަޖިލީހުގައި މިމަހު ރައީސްކަން ކުރައްވާނީ އިންޑިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓީއެސް ތިރުމުރުތީއެވެ. މިހިނގާ އޮގަސްޓް މަހު އދގެ ސަލާމަތީ މަޖިލީހުގެ ރައީސްކަން އިންޑިއާއިން ކުރަން ހަމަޖެހިފައިވާއިރު އިންޑިއާއިން ވަނީ އިންޑިއާއިން ސަލާމަތީ މަޖިލީހުން ގޮތްނިންމަން ވެެފައިހުރި ކަންކަން ތިން ދަރަޖައަަކަށް ބަހާފައެވެ. އޭގެ ތެރޭގައި މެރިޓައިމް ސެކިއުރިޓީ، ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ގާއިމްކުރުން އަދި ނިރުބަވެރި ހަަމަލާތަކުގެ ކަންކަމެވެ.
As we take over UNSC Presidency for August, look forward to working productively with other members.
India will always be a voice of moderation, an advocate of dialogue and a proponent of international law. pic.twitter.com/kPRGnFOz87
— Dr. S. Jaishankar (@DrSJaishankar) August 1, 2021
ސީރިއާ، އީރާގު، ސޮމާލިއާ، ޔަމަން އަދި ޖުމުލަކޮށް މެދު އިރުމައްޗަކީ ސަލާމަތީ މަޖިލީހަށް ގޮތެއް ނިންމަން ޖެހިފައި އޮތް ބުރަބޮޑު ސަރަހައްދުތަކެކެވެ. އިންޑިއާއަށް ރައީސް ކަމަށް އާދެވުނުއިރު މި ގައުމުތަކުގެ ހާލަތު ވަނީ ގޯސްވެފައެވެ. މަސްލަހަތައް ބަލައި އަމާންކަން ގާއިމްކޮށް، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ޖެހިފައެވެ. ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުން މަޝްވަރާކޮށް ވަކި ގޮތެއް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ ރައީސަށް އޮންނަނީ އެކަމެއް އެޖެންޑާކުރުމެވެ.
ބޮނޑިބަތް ކައްކާވަރުގެ ކަމެއް މީ