ސައުދީ އަރަބިއާގެ މައި ސިޓީ ރިއާދުގެ 300 ކިލޯމީޓަރު ދުރުގައި އޮންނަ އަލް އަފްލަޖް ޕްރޮވިންސްއަށް ވެލީގެ ތޫފާނެއް އެރުމުގެ ސަބަބުން ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ.

ސައުދީގެ އިދާރާތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްތައް ބުނާގޮތުން، އެ ތޫފާނުގެ ސަބަބުން ފަހު އެތައް ބައިވަރު ކާރުތައްކެއް ޖެހި ހިނގި އެކްސިޑެންޓެއްގެ ސަބަބުން ދެ މީހަކު މަރުވެ 20 މީހަކަށް އަނިޔާވެފައިވެއެވެ.

ސައުދީގެ ރެޑްކްރެސެންޓުން ބުނީ ރެސްކިއު ޓީމާއި އެމްބިއުލާންސްތައް އެވަގުތު ސީންއަށް ގޮސްފައިވާ ކަމަށާއި އަނިޔާވެފައިވާ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ އުޅަނދުތަކެއް ޖެހި އެކްސިޑެންޓާއި ކުރިމަތިވެފައިވަނީ ހަލިމަގު (ހައިވޭ)ގައެވެ. ސައުދީ އަރަބިއާގެ ފުލުހުން ބުނީ އެކްސިޑެންޓް މެދުވެރިވުމަށް ހިނގާފައިވާކަން ފާހަގަ ވެފައި ވަނީ ޓްރެފިކްގެ ފަސް މައްސަލައެއް ކަމަށެވެ. އޭގެ ތެރޭގައި ދުއްވަމުން ދިޔަ ސްޕީޑް ބާރުވުމާއި، ސްޕީޑް ކޮންޓްރޯލް ނުވުމުގެ ސަބަބުންނާއި، ވަންވޭ ފަދަ މަގުތަކަށް ނުބަލައި ގޯސް މަގުތަކުން އުޅަނދުތައް ދުއްވުމުގެ ސަބަބުން ޓްރެފިކް އެކްސިޑެންޓް ތަކާއި ކުރިމަތިލާން ޖެހުންކަން ފާހަގަކޮށްފައި ވެއެވެ.

އިންޓީރިއާ މިނިސްޓްރީން ބުނީ ސީރިއަސް އެކްސިޑެންޓްތަކުގެ އިންސައްތަ 34% އަށް ދަށްވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޯނުބެ

    ސައުދީއަށް ތޫފާންތައް ވެސް އަރާތަ؟

    1
    3
    • ކޮރޯނާ

      ސައޫދީ ވިއްޔާ ތޫފާން އަރައިގެން ނުވޭތަ؟

    • އަޅު

      Surah Al-Ankaboot, Verse 2:
      أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ

      Do people think that they will be left alone because they say: "We believe," and will not be tested.
      (English - Mohsin Khan)

      via iQuran