ރާއްޖެއާއި 3،125 ކިލޯމީޓަރު ދުރުގައި އޮންނަ މޮރިޝަސްގައި އިންޑިއާގެ ސިއްރު އަސްކަރީ މަރުކަޒެއް އަޅަމުން އަންނަ ކަމަށް އަލްޖަޒީރާއިން ހާމަ ކޮށްފިއެވެ.

އަލްޖަޒީރާއިން މިކަން ހާމަކޮށްފައިވަނީ އެނޫހުން ގެނެސްދީފައިވާ އިންވެސްޓިޖޭޝަން ރިޕޯޓެއްގައެވެ.

އެރިޕޯޓުގައި ބުނެފައިވަނީ އިންޑިއާގެ އަސްކަރީ މަރުކަޒެއް އަޅަމުން އަންނަނީ މޮރިޝަސްގެ "އަގަލޭގާ" ގައެވެ. އަގަލޭގާއަކީ 300 މީހުންގެ އަބާދީއެއް އޮންނަ ކުޑަ ކުޑަ ރަށެކެވެ.

އިންޑިއާގެ ސިއްރު އަސްކަރީ މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން އަލްޖަޒީރާއިން ހާމަކޮށްފައިވާއިރު، 2018 ވަނަ އަހަރުގެ ތެރޭގައި ވެސް އެގައުމުން އެފަދަ މަރުކަޒެއް ގާއިމު ކުރާ ކަމަށް ދެކެވުނު ވާހަކަތައް އެގައުމުން ވަނީ ދޮގު ކޮށްފައެވެ.

އެގޮތުން އިންޑިއާއިން ވަނީ މިކަމާއި ގުޅޭ ގޮތުން އެގައުމަށް ކުރިމަތިވަމުން އަންނަ ތުހުމަތުތައް ދޮގުކޮށްފައެވެ. އެގައުމުގެ އޮފިޝަލުން މިކަމާއި ގުޅިގެން ބުނެފައިވަނީ މޮރިޝަސްގައި އިންޑިއާގެ އެހީގެ ދަށުން ހިންގަމުންދާ ޕްރޮޖެކްޓަތަކަކި އަސްކަރީ ބާރު އިތުރު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކެއް ނޫން ކަމަށާއި އެ ޕްރޮޖެކްޓްތަކުގެ ލާބައާއި މަންފާ ލިބޭނީ މޮރިޝަސްގެ ރައްޔިތުންނަށް ކަމަށެވެ.

އަލްޖަޒީރާއިން ބުނާ ގޮތުގައި މޮރިޝަސްގައި މިހާރު އަޅަމުން އަންނަ ކަމަށް ބުނާ ސިއްރު އަސްކަރީ މަރުކަޒުގައި ދުނިޔޭގެ އެންމެ ބޮޑެތި ވައިގެ އުޅަނދުތައް ޖެއްސޭ ވަރުގެ ބޮޑު ރަންވޭއެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އަދި ބައިނަލްއަގުވާމީ އަސްކަރީ ކަނޑުބޯޓުތައް ވެސް ކައިރި ކުރެވޭ ވަރުގެ ބަނދަރެއް އަންނަނީ ގާއިމު ކުރަމުންނެވެ. އެކަމަށް ހެކިދޭ ސެޓެލައިޓް ފޮޓޯތަކެއް ވެސް މިހާރު ވަނީ އާއްމު ވެފައެވެ.

މޮރިޝަސްގެ ކުރިން އޮންނަނީ 800 މީޓަރުގެ ރަންވޭ އެކެވެ. އެހެން ނަމަވެސް މިހާރު އާއްމު ވެފައިވާ ފޮޓޯއިން ފެނިގެންދާ ރަންވޭއަކީ ތިން ކިލޯ މީޓަރަށްވުރެ ދިގު ރަންވޭއެކެވެ.

އަދި އެފަދަ ފޮޓޯތަކުން ފާއިތުވި ދެ އަހަރުގެ ތެރޭގައި އެރަށަށް އައިސްފައިވާ އުމްރާނީ ތަރައްގީތައް ވެސް ފެނިގެންދެއެވެ.

އަލްޖަޒީރާއިން ބުނާ ގޮތުގައި މޮރިޝަސްގެ ރަށެއްގައި އިންޑިއާއިން ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ 2015 ވަނަ އަހަރު ދެ ގައުމުގެ ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދެ ގައުމުގެ ދެމެދުގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރު ކުރުމުގެ ނިޒާމު އިތުރަށް ފުޅާ ކުރުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ. އެހެން ނަމަވެސް އެކަންކަން އެގޮތަށް ނުދާކަން ވަނީ ފާހަގަ ވެފައެވެ.

މި އަހަރުގެ މޭއި މަހުގެ ތެރޭގައި މޮރިޝަސްގެ ބޯޑުވަޒީރު ޕްރަވިންދް ޖުގްނައުތް ވަނީ އެފަދަ މަރުކަޒެއް ނޭޅޭނެ ކަމަށް އަންގާފައެވެ.

އެހެންކަމުން މޮރިޝަސްގެ ސަރުކާރުން ވަނީ އިންޑިއާއާއި އެގައުމާއި ދެމެދު އަސްކަރީ މަރުކަޒެއް ގާއިމު ކުރުމުގެ އެއްބަސްވުމެއް ނޯންނާނެކަން ހާމަ ކޮށްފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން މި އަސްކަރީ މަރުކަޒު އަޅަމުން އަންނަ މޮރިޝަސްގެ ޖަޒީރާ ރަށަކީ ސަރަހައްދުގައި އަސްކަރީ ބާރު ވަރުގަދަ ކުރުމަށް އެންމެ އެކަށޭނެ އެއް ހިސާބެވެ.

މޮރިޝަސްގައި މިހާރު ހިންގަމުންދާ އިންޑިއާގެ ޕްރޮޖެކްޓް ކުރިއަށް ގެންދާތާ މިހާރު ދެ ވަރަކަށް އަހަރު ވެފައިވާއިރު، މިހާރު އެރަށުގައި ކޭމްޕު ކޮށްގެން އިންޑިއާގެ 1000 ވަރަކަށް މީހުން އުޅޭ ކަމަށް އަލްޖަޒީރާގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މަސައްކަތަށް ބޭނުންވާ ތަކެތި ހިފައިގެން ގިނަ އަދަދެއްގެ މަނަވަރުތައް ވެސް އިންޑިއާގެ ބަނދަރުތަކުން ފާއިތުވެދިޔަ ދުވަސްތަކުގައި މޮރިޝަސްއަށް ދަތުރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.

އިންޑިއާއިން މިފަދަ މަރުކަޒެއް މޮރިޝަސްގައި އަޅަމުން އަންނައިރު، އެގައުމުން އަންނަނީ އިންޑިއާ ކަނޑާއި އިންޑިއާ ކަނޑުގެ ގުޅިފައިވާ ސަރަހައްދުތަކުގައި އެގައުމުގެ އަސްކަރީ ބާރު އިތުރު ކުރުމަށް މަސައްކަތް ކުރަމުން ކަން ރިޕޯޓްތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލި ދީދީ

    ދިވެހިން ދަންނަން ޖެހޭ ޙަޤީޤަތަކީ އިންޑިއާ އަކި އެއްވެސް އިރެއްގައި ދިވެހިންނަށް ހެޔޮ އެދިގެން ކަންކަން ކުރި ބައެއް ނޫންކަން.. ނޮވެމްބަރ 3 ގެ އުދުވާނުގައިވެސް އިންޑިއާ ސިފައިންގެ މަނަވަރަށް ދިން ޙަމަލާގައި ދިވެހި 3 ވަރަކަށް މީހުން ނިޔާވި.. އަދި ދިވެހި ދައުލަތުން ވަނީ އެ މުޅި އޮޕަރޭޝަނަށް އިންޑިއާއިން ޚަރަދުވި ފައިސާ އިންޑިއާއަށް ދީފަ.. ދިވެހިންގެ ބޮޑު ބޭބެ އޭ، ކާފަ އޭ ކިޔައިގެން މެންދަމުން ފެށިގެން ހެނދުނު 10 ޖަހަންދެކަށް ވިސާ ކިއުގައި ދިވެހި މަގުމަތީގައި ތިބެން ޖެހޭ.. ދުނިޔޭގެ އެހެން ގައުމުތަކަށް ދިވެހިންނަށް އޮންއެރައިވަލް ވިސާ އޮވޭ.. ޢަބްދުﷲ ޝާހިދު މެން ލަދެއް ޙަޔާތެއް ނުހުންނަކަން..

    26
  2. މޮހޮރު

    މުޅިއޮޑީގާ ހަސަނުގެ ދެފައޭ ބުނާހެން މުޅިސަރަހައްދުގަ މިމީހުންގެ ނޮހުރުއްޕާން

    20
  3. ސިންގާ ސަނާ

    ހަބަރު ގަ ޖެހީމަ ސިއްރަކައް ނުވިނުންތޯ؟ ލޮލް!

    2
    2
  4. ޔާންޔާ

    ރާއްޖޭގައިވެސް މިކަން ނުވީ ޕީޕީއެމް ގެ ހުށިޔާރުކަމުން ! އަދުރޭމެން ތިނުވަގޭ ކިޔަސް ވަރައް ހުށިޔާރޭ .