ބަންގަލްދޭޝްގައި ބޭއްވި ކައިވެނި ހަފްލާއަކަށް ހޮނުއަޅައި ގިނަ ބަޔަކު މަރުވެއްޖެއެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ބުނީ، ހޮނު އަޅައި މަރުވެފައިވާ މީހުންނަކީ އައި ވިއްސާރައިގެ ސަބަބުން ހިޔާ ހޯދުމަށް ތަނަކަށް ވަންނަން ދިޔަ ބައެއް ކަމަށެވެ. އެގޮތުން ހޮނު އެޅުމުގެ ސަބަބުން ކައިވެނި ހަފްލާއަށް ދިޔަ 16 މީހަކު މަރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކައިވެނި ހަފްލާއަކަށް ހޮނު އަޅައި ގިނަ ބަޔަކު މަރުވި ނަމަވެސް، ކައިވެނި ކުރަން އުޅުނު ފިރިހެން މީހާ މަރުނުވާ ކަމަށާއި އޭނާ އަށް ކުދި ކުދި އަނިޔާ ލިބިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެހާދިސާ ހިނގި ވަގުތު އެތަނުގައި ކައިވެނި ކުރަން އުޅުނު އަންހެން މީހާ ނެތެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގިނަ ބަޔަކު މަރުވެފައިވަނީ ފުލުފުލުގައި އެޅި ހޮނުގެ ސަބަބުންނެވެ. މި ހާދިސާ ހިނގާފައިވަނީ ޗައިޕައިނާވަގަންގެ އުތުރުން އޮންނަ ސަރަހައްދެއްގައެވެ.

ފާއިތުވި ދުވަސްތަކުގައި ބަންގްލަދޭޝްގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ވިއްސާރަވުމުގެ ސަބަބުން 20 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ރޮހިންޔާގެ ރެފިއުޖީން ވެސް ހިމެނެއެވެ.

ބޭރު ގައުމުތަކުގައި މިއީ އަލަށް ހިނގާ ކަމެއް ނޫނެވެ. ކޮންމެ އަހަރެއްގެ މައްޗަށް ހޮނު އަޅާ ހާދިސާތަކުގެ ސަބަބުން 100 އަށްވުރެ ގިނަ މީހުން ދެކުނު އޭޝިއާއިން މަރުވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އެގޮތުން 2016 ވަނަ އަހަރުގެ ތެރޭގައި 200 އަށްވުރެ ގިނަ ހޮނު އެޅުމުގެ ހާދިސާ ހިނގާފައިވާއިރު، މި ހާދިސާތަކުގައި 82 މީހަކު އެއް ދުވަހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 🥺

    ﷲ ގެ ކުޅަދުންވަންތަކަން

    22
    1
  2. Anonymous

    މިއީ އިބްރަތެއް ހާސިލްކޮށް އިސްލާހުވާންވި ވަގުތު.

    17
    1
  3. Anonymous

    ސުބުޙާނަﷲ

    21
    1
  4. ޢަހުމަދުވަގާރު

    ކާ ފަރުން ނަށް ހުރި އިބްރަތެއް

    6
    1