އިންޑިޔާގެ ކެރެލާގައި ހުންނަ ނަޞާރާ ފައްޅިއެއްގައި މަސައްކަތްކުރާ ފާދިރީންތަކެއް، އަންހެނަކަށް ޖިންސީ އަނިޔާކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަން ފެންމަތިވެ، މި ފާދިރީންގެ މައްސަލަ ފަޅާ އަރާފައިވަނީ ލީކުވި އޯޑިޔޯއެއްގެ ސަބަބުންނެވެ.
ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މި ފާދިރީންތައް ޖިންސީގޮތުން އަނިޔާކޮށްފައިވަނީ ކައިވެންޏެއް ކޮށްގެން އުޅޭ އަންހެނަކަށެވެ. އަދި، އެއަންހެންމީހާ ކައިވެނިކުރުމުގެ މާ ކުރިންވެސް، މި ފާދިރީން މި ނުބައި ޢަމަލު ހިންގާފައިވާކަންވަނީ ފަޅާ އަރާފައެވެ.
އަންހެންމީހާ މި ކަންތައް ކިޔައިދީފައިވާ ގޮތުން، އެންމެ ފުރަތަމަ ޖިންސީ އަނިޔާކޮށްފައިވަނީ އެންމެ ފާދިރީއެކެވެ. އޭނާ އެކަންތައް ސިއްރުކޮށްފައި ބާއްވަން އެދުނުކަމުގައިވިޔަސް، އަންހެންމީހާވަނީ އެކަން އެހެން ފާދިރީއެއްގެ ގާތުގައި ބުނެފައެވެ. އެހެންނަމަވެސް، އޭނާ އެކަން ހައްލުކޮށްދިނުމުގެ ބަދަލުގައި، އިތުރު ތިން ފާދިރީއަކަށް އެވާހަކަތައް ކިޔައިދިނެވެ. އަދި، އޭނާވެސް، އެމީހާއަށް ޖިންސީ ގޮތުން އަނިޔާކުރަން ފެށިއެވެ.
ދެވަނަ ފާދިރީ މައުލޫމާތު ދިން އިތުރު ތިން ފާދިރީއަކީ އިންޑިޔާގެ އެހެން ސަރަޙައްދުތަކެއްގައި ތިބި ބައެއްކަމުން، އެމީހުން އަންހެންމީހާއަށް މީސް މީޑިޔާއާއި ފޯނުން ގުޅައި ވާހަކަ ދައްކާ، ބްލެކްމެއިލް ކުރުމުގެ ކަންކަން ދިޔައީ ކުރަމުންނެވެ.
މިކަންތައް ފަޅާ އަރާފައިވަނީ، އެހެން ސަރަޙައްދެއްގައި އުޅޭ ފާދިރީއަކު އައިސް، ކެރެލާއިން ފަސް ތަރީގެ ހޮޓަލަކުން ކޮޓަރިއެއް ހިފުމަށްފަހު އެތަނަށް އެއަންހެންމީހާ ގެންދަން މަސައްކަތްކުރުމުންނެވެ. ބިރު ދައްކައިގެން އެކަން ކުރަން މަސައްކަތްކުރިއިރު، ކޮޓަރިއަށް ފައިސާ ދައްކާފައިވަނީ އަންހެން މީހާގެ ޑެބިޓު ކާޑު ބޭނުންކޮށްގެންނެވެ.
އަންހެންމީހާ، އޭނާގެ ފިރިމީހާއަށް މި ވާހަކަތައް ކިޔައިދީފައިވާއިރު، މި ކަމަށް އިންސާފު ހޯދުމަށް އަންހެންމީހާގެ ފިރިމީހާ ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ސުޕުރީމް ކޯޓައް އާދޭ އިންސާފު ހޯދާން.. އިންސާފު އޮތީ ދުނިޔޭގެ ހަމަ އެކަނި ރާއްޖޭގެ ސުޕުރީމް ކޯޓްގައި...
މާމިގިލީ މީހާ އައް އޮޅުމެއްތީ އިންސާފު ލިބޭނީ ހަމައެކަނި މާމިގިލީ ކޯޓުން އެކޯޓުން ހަމަ ވަގުތުން ތިމީހުން ހައްޔަރު ކުރަން އަމުރުވެސް ނެރެދޭނެ.
ކޮންމެ ކަމަކަށްވެސް ރާއްޖޭގެ ސުޕުރީމް ކޯޓް ސާބަސް !
ތިކަންވާނީ މާމިގިލީ ކޯޓުން.