އިންގްލޭންޑުގައި ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިންްގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން ސަތޭކައަށް ވުރެ ގިނަ މީހުންނަށް ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ޖެހި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދީފައިވާކަން އިއްޔެ ސައިންސްވެރިން ހާމަކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުގައި އިންގްލޭންޑުގެ ޕަބްލިކް ހެލްތް (ޕީއެޗްއީ) އިން ބުނީ ވެކްސިން ނުޖަހާ މީހުންނެކޭ އެއްވަރަށް ވެކްސިން ޖަހާފައިވާ މީހުންނަށްވެސް ހަލުވިކަމާއިއެކު ފެތުރޭ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ޖެހިދާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

މިދިޔަ މަހުގެ 19ވަނަ ދުވަހުން ފެށިގެން މި މަހުގެ ދެ ވަނަ ދުވަހާއި ހަމައަށް ޑެލްޓާ ވޭރިއެންޓް ޖެހި އެ ގައުމުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާފައިވާ 1,467 މީހުންގެ ތެރެއިން 55.1 އިންސައްތަ މީހުންނަކީ ވެކްސިން ފުރިހަމަ ކޮށްފައިނުވާ މީހުންނެެވެ. އަދި އޭގެ ތެރެއިން 34.9 އިންސައްތަ މީހުންނަކީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ކަމަށް ޕީއެޗްއީއިން ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގައި ވެކްސިންޖެހޭ އުމުރުފުރައިގެ އާބާދީގެ ތެރެއިން 75 އިންސައްތަ މީހުން ވަނީ ވެކްސިން ޖަހާފައެވެ. ޕީއެޗްއޭއިން ބުނީ އެގައުމުގައި ވެކްސިން ޖަހާފައިތިބި މީހުން ގިނަވުމާއި އެކު ވެކްސިން ޖަހާފައިވާ މީހުންނަށް ބަލި ޖެހި ހޮސްޕިޓަލުގައި ފަރުވާދޭމަންޒަރު ފެންނަވަރު ގިނަވަމުންދާ ކަމަށެވެ.

ސައިންސްވެރިން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުން ވެކްސިންގެ ސަބަބުން ކޮވިޑް ބަލި ޖެހި ބޮޑުވަރުވުމުން ދުރުކޮށްދީ، ނުރައްކާތެރި ޑެލްޓާ ވޭރިއެންޓުން ރައްކާތެރި ކޮށްދޭ ކަމަށެވެ. ނަމަވެސް ވެކްސިން ޖަހާފައިވީ ކަމުގައި ވިޔަސް ބައެއް ހާލަތްތަކުގައި ވެކްސިން ޖަހާފައިހުރި މީހާއަށް ކޮވިޑް ޖެހިފައިހުރި ނަމަ އޭނާގެ ފަރާތުން ބަލި ފެތުރި އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ......

    ތިވެކްސިންނަކީ އަދި ކޮވިޑް އަށް ހުރި ފަރުވާއެއްނޫންކަން މީކަމުން ސާބިތު ވޭބާ....

  2. މިނިކާރާއްޖެ

    އާދައިގެ ރޯގާ އަކަށް ވެކްސިން ޖަހާ މީހާގެ ދިފާއު އޮޅުންބޮޅުން ކޮށްލުމުން ނުކުންނަ ނަތީޖާކަމަށް އިތުބާރު ހިފޭ ތަޖުރިބާކާރު ސައިންޓިސްޓުން މާކުރިން ވަނީ އިންޒާރު ދީފަ. މިހާރު ބޭނުމަކީ އެންމެން ވެކްސިން ޖަހުވައިގެން ވެކްސިން ޖަހާ މީހުންނާ ނުޖަހާ މީހުން އަޅާކިޔޭނެ ގޮތްތައް ކަނޑުވާލާ މިކަމުގެ ފަހަތުގަ ތިބި ޔަހޫންދީން މިކަމުން ސަލާމަތްވުން.