ޒައިނަބުގެ މަރާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތައް
ޒައިނަބުގެ މަރާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތައް

ޕާކިސްތާނުގައި ރޭޕް ކޮށްލުމަށްފަހު ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ޒައިނަބް އަންސާރީގެ ގާތިލު، އިތުރު ހަތް ކުދިންވެސް ރޭޕްކޮށް މަރާލިކަން ހާމަވެއްޖެއެވެ.

ADS BY OOREDOO

މިކަން ހާމަވެފައިވަނީ، ޒައިނަބްގެ މަރާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރިއަށްގެންދާ ތަހުޤީޤުގައި ހެދި ޑީއެންއޭ ޓެސްޓްތަކެއް ކުރީގެ ހާދިސާތަކާއި ދިމާވާތީއެވެ.

ޖިއޯނިއުސްގައި މިކަމާއި ގުޅޭގޮތުން ޕަންޖާބް ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް އާރިފް ނަވާޒް ވިދާޅުވީ، ޒައިނަބްގެ މަރާއި ގުޅިގެން ހޯދި ޑީއެންއޭތަކާއި ކުރީގެ ޑީއެންއޭ ދިމާވާކަމަށާއި، މިއީ އެމީހާ ކުއްޖަކު ރޭޕްކޮށްލުމަށްފަހު މަރާލި އަށްވަނަ ފަހަރު ކަމަށެވެ.

ޒައިނަބްގެ ގާތިލު މީގެ ކުރިންވެސް ކުޑަކުދިން މަރަމުންދިޔަކަން ހާމަވިއިރު، އޭނާއަކީ ސީދާ ކާކުކަން އަދި ފުލުހުންނަށް ދެނެގަނެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ފުލުހުން އެއްކުރި މަޢުލޫމާތުތަކަށް ބިނާކޮށް އޭނާގެ ސިފަ ހާމަވާ ކުރެހުމެއް ވަނީ ޢާންމުކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ، ޒައިނަބް ރަހީނުކުރި ރޭ އޭނާ ގޮވައިގެން އޭނާގެ ގާތިލް މަގުމަތިން ހިނގާފައިދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް ޢާންމުކޮށްފައެވެ.

ކަސޫރު ސިޓީގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ގިނަ މައްސަލަ ފެންމަތިވެފައި ވަނިކޮށް، ޒައިނަބް ރޭޕްކޮށް މަރާލި ހާދިސާއާއި ގުޅިގެން މިއަދު އެ ޤައުމުގެ ހައިކޯޓުން ވަނީ ޒައިނަބްގެ ގާތިލު 36 ގަޑިއިރު ތެރޭ ހައްޔަރު ކުރުމަށް ޕަންޖާބްގެ އިންސްޕެކްޓަރ ޖެނެރަލްގެ މައްޗަށް އަމުރުވެސް ކޮށްފައެވެ.

 

ADS BY ASTERS

15 ކޮމެންޓް

 1. ތުލް ތުތީޝެހޭ / ނ.ވެލިދޫ

  މަގޭ ދަރިވެސް ރޭޕް ކުރި

 2. އިންޑިޔާ ޕޮލިސް

  ދެން ހުރިހާ ހޮސްޕިޓަލެއްގައި ހުރި ރިކޯޑުސް ތަކާއި ތިޔަ ޑީ.އެން.އޭ އާއި އަޅާ ކިޔައި ތިޔަ ގާތިލު އެއްވެސް ހޮސްޕިޓަލަކުން އެއްވެސް ކަމެއްގައި ޓެސްޓައް ހަދަން ލޭ ދީފައިވޭތޯ ބަލައި ، ތިޔަ ވީޑިޔޯ އިން ފެންނަ މީހާގެ އިސްކޮޅާއި ރޫފަ އެއްވައްތަރު އެންމެން ގެނެސް ޑީ.އެން.އޭ ޓެސްޓްކޮށް ތިޔަ ތަޙްޤީޤް އަވަސް ކުރަން އެބަޖެހޭ ދޯ. ތި މީހަކު ޓީޗަރެއް ކަމަށް ހެދިގެން ރާއްޖެ އައިއްސިޔާ އޯ؟

 3. މަރަންވި

 4. ޕަކިސްތަނުގަ އެއްކަނިތަ އިންޑިޔާގަ ވެސް ހަމައެއްވަރު

 5. ހަކުދިން ރޭޕްކޮށް މަރާލި ފަހުންތަ ޑީއެންއެ ދިމާވާކަން އިނގުނީ؟؟

 6. ގިތެޔޮތައް ނިކަން ދޯޅުވާނެ ތި އުމުރުގެ ކުދީންނާ

 7. ޕާކިސްތާނުގެ ވަރުގަދަ ޖާސޫސީ އިދާރާ އަށް އެއްވެސް ކަމެއް ނުވީ ކީއްވެ ބާ!

 8. ތީހާދަނުލަފާ ގިތެލެއް، ލޮނުމެދުކައިގެން އުޅޭ ގިތެލަކައްވާނި އިންސާނުން ސިފައިގަ ހުރި، އޭނަ ލަދެއް ނުގަނޭބާ އަންހެންކަބަލަކައް މަންމަ ކިޔަން، ކުޑަކުޑަ މައުސޫމް ކުދިންތައް........... ކީކޭ ބުނާނި؟؟؟ ޙޯދާފަ ދަންޖައްސާ އެއްމެން ކުރިމަތީ😩

 9. ޢެކަމަކު ދޯ ތިކަން އަދި ކިރިޔާތަ އެނގުނީ

 10. ތިކަން އެނގުނުލެއް ތަންކޮޅެއް އަވަހެންނު

 11. ޕާކިސްތާނުގަ ނިކަން ގިނަވާނެ ތިކަހަލަ އިންސާނިއްޔަތުކަމެއް ނެތް މީހުން

  • ތިއޭ އެއްކަލަ... މިއޮތްހާ ދުވަހު އިންޑިއާގައި ރޭޕުކުރީ..

  • މާ ބޮޑަށް ވެސް މަދުވާނެ، އަދި އިންޑިއާ އާއި ގާތެއް ވެސް ނުވާނެ

  • ރާއްޖެ ފަދަ ޑިމޮކްރެޓިކް ގައުމެއްގަ ވަކި މަދުތަ. އެއްޗެކޭ ކިއިދާނެ ކޮންމެ މީހަކަށްވެސް