ޕާކިސްތާންގެ އުމުރުން ހަތް އަހަރުގެ ޒަައިނަބު އަންސާރީގެ ގާތިލަކީ ސީރިއަލް ކިލާއެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ADS BY OOREDOO

ޒައިނަބުގެ ގާތިލަކީ ސީރިއަލް ކިލާއަކަށް ވެދާނެ ކަމަށް ލަފާކުރެވުނީ ޕާކިސްތާން ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤުގައި ޒައިނަބުގެ މަރާއި އެއްގޮތް މަރުގެ 12 ހާދިސާއެއް ފާހަގަ ކުރެވުމާއި ގުޅިގެންނެވެ. ޕާކިސްތާން ފުލުހުން ބުނީ ޒައިނަބުގެ މަރުގެ ތަޙްޤީޤު މިހާރު ކުރިއަށްގެންދަނީ އެއީ ސީރިއަލް ކިލާއެއް އަޑީގައި ހުރެގެން ހިންގި ގަތުލެއް ކަމަށް ބަލައިގެންނެވެ.

"އަޅުގަނޑުމެންނަށް މިހާރު ޔަގީނާއި ގާތައް ގަބޫލު ކުރެވޭ ޒައިނަބުގެ ގާތިލަކީ ސީރިއަލް ކިލާއެއް. ފޮރެންސިކް ތަހްލީލްތަކުން މިހާތަނަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އެހެން ބުނެވިދާނެ." ޕަންޖާބު ޕްރޮވިންސްގެ ތަރުޖަމާން މާލިކް މުހައްމަދު އަހްމަދު ހާން ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޒައިނަބުގެ ގާތިލަކީ ސީރިއަލް ކިލާއެއް ކަމަށް ވަންޏާ ގާތިލް ހޯދުން އެއީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެއީ ސީރިއަލް ކިލާއެއް ކަމަށް ވާނަމަ އޭނާ ކޮށްފައިވާ ކުށް ފޮރުވަން މަސައްކަތްތަކެއް ކޮށްފައިވުން އެކަށީގެންވާތީއެވެ.

ނަމަވެސް ޕަންޖާބުގެ ތަރުޖަމާން މާލިކު މިއަދު ވިދާޅުވީ ޒައިނަބުގެ ގާތިލާއި ފުލުހުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކައިރިވަމުންދާ ކަމަށެވެ.

"މިހާރު ފުލުހުންގެ މަސައްކަތް ކުރިއަށްދަނީ ގާތިލު ހޯދުމާއި ގާތް ވަމުން. އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ލަސްތަކެއް ނުވެ ޒައިނަބު ގާތިލު ހައްޔަރުކުރެވޭނެ. އަދި އޭނާ އަށް ޙައްޤު އަދަބު ދެވޭނެ." މާލިކު ވިދާޅުވިއެވެ.

ޕާކިސްތާނުން ވަނީ މީގެ ކުރިން ވެސް ގިނަ ކުޑަކުދިންތަކެއް މަރާލި ސީރިއަލްކިލާއެއް ހައްޔަރުކުރެވިފައެވެ. ޖަވާދު އިގުބާލު ކިޔާ ފިރިހެނަކު ވަނީ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކޮށް މަރާފައެވެ. އޭނާ ވަނީ 100 ކުޑަކުދިން މަރާލާފައެވެ. އޭނާ ހައްޔަރުކުރީ 1999 ވަނަ އަހަރުއެވެ.

އިގުބާލުގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ކޯޓުން ޙުކުމް ކުރިއެވެ. ނަމަވެސް އޭނާ މަރުވީ އޭނާ ހައްޔަރުކޮށްފައި ހުރި ގޮޅީގައި އަމިއްލައަށް ދަންޖެހިގެންނެވެ.

 

2 ކޮމެންޓް

  1. ސުބްޙާނަﷲ. އިގްބާލެވެ ކިޔާ ސީރިއަލް ކިލަރ ހައްޔަރު ކުރެވުނީ 100 ކުޑަކުދިން މެރިފަހުންނޯ...؟ ވީއިރު ކަލޭމެން ތިޔައީ ކީއްކުރާ ބައެއް؟ ކަލޭމެންގެ ލަދުކޮބާ...؟