ޒައިނަބް އަންސާރީ

އެއީ އުމުރުން އެންމެ ހަތް އަހަރުގެ އަންހެން ކުއްޖެކެވެ. ނަމަކީ ޒައިނަބު އަންސާރީއެވެ. ޕާކިސްތާންގެ ޕަންޖާބުގައި އޮންނަ ކުޑަ އަވަށެއްކަމަށްވާ ކަސޫރުގައި އާއިލާ އާއި އެކު އުޅެމުން ދިޔައީ ނުހަނު އުފާވެރި ދިރިއުޅުމެވެ. މަޖާ ދިރިއުޅުމެކެވެ. ވަށައިގެން އާއިލާ މީހުންގެ ގެތައް ހުރި ސަރަހައްދެއްގައި އުޅެމުން ދިޔައީ ހަޔާތައް ކުއްލިއަކަށް ކުރިމަތިވެދާނެ ބިރުވެރިކަމެއްގެ ހިލަމެއް ވެސް ނުވެއެވެ.

ADS BY OOREDOO

ނަމަވެސް މުޅި ޕާކިސްތާނަށް ހިތާމަ އާއި ހިތްދަތިކަން ގެނުވި ހާދިސާގައި ޒައިނަބު ވަނީ މިހާރު އަބަދުގެ އަބަދަށް ވަކިވެގެން ގޮސްފައެވެ. މިޖަނަވަރީ މަހުގެ ހަތަރު ވަނަ ދުވަހު ވެސް އިރުއޮއްސުމާއި އެކު ޒައިނަބު ފުރަތަމަ ވެސް ވުޟޫ ކޮށްގެން ދުއްވައިގަތީ އޭނާގެ ބޮޑުދައިތަ ގެއަށެވެ. ޒައިނަބުގެ ގެއިން ފަސް ވަރަަކަށް މިނެޓުން ހިނގާލާފައި ދެވޭ ބޮޑުދައިތަގެ ގެއަށް އޭނާ ކޮންމެ ރެއަކު ވެސް ޤުރުއާން ކިޔަވަން ދެއެވެ.

"ޒައިނަބު އާއި އޭނާ އާއި ދެބެންގެދެދަރި އުސްމާން ކޮންމެ ރެއަކު 06:30 ގައި އަންނާނެ ޤުރުއާން ކިޔަވަން. ކޮންމެ ރެއަކު ދޮޅު ގަޑިއިރު އެކުދިން ޤުރުއާން ކިޔަވަން ތިބޭނެ. އަހަރެން އެރޭ ވެސް އެކުދިންނަށް ޤުރުއާން ކިޔަވައިދިނިން. އަދި ދެކުދިންނަށް ކިރުތަށި ވެސް ދިނިން." ޒައިނަބުގެ ބޮޑުދައިތައެއް ކަމަށްވާ އާނިސް ފާތިމަ ކިޔައިދިނެވެ.

ދެކުދިންނަށް ޤުރުއާން ކިޔަވައި ދިނުމަށް ފަހު ފާތިމަ އުޅުނީ ގޭތެރޭގައެވެ. އިރުކޮޅަކުން އުސްމާން އައިސް ބޮޑުދައިތަ ކައިރީގައި ބުނީ ޒައިނަބު އޭނާ ގޭގައި ބަހައްޓާފައި ނިކުމެގެން ހިނގައްޖެ ކަމަށެވެ.

"ދެން އަހަރެން ސުވާލު ކުރިން ޒައިނަބު އެއްވެސް އެއްޗެއް ބުނިހޭ. އުސްމާން ބުނީ ނޫނެކޭ." ފާތިމަ ކިޔައިދިނެވެ.

ފާތިމަ ހީކުރީ ޒައިނަބު އެސަރަހައްދުގައި ހުރި އާއިލާ މީހެއްގެ ގެއަށް ނުވަތަ ޒައިނަބުގެ އަމިއްލަ ގެއަށް ދިޔައީ ކަމަށެވެ. އޭރު ޒައިނަބުގެ މަންމަ އާއި ބައްޕަ ވަނީ އުމްރާ އަށް ސައުދީ އަރަބިއްޔާގައެވެ. 40 ވަަރަކަށް މިނެޓް ފަހުން ޒައިނަބު ކޮބައިތޯ ބަލަން ފާތިމަ ޒައިނަބުގެ ގެއަށް ދިޔައެވެ. ނަމަވެސް ޒައިނަބު ގެއަކު ނެތެވެ.

އެހައިހިސާބުން ޒައިނަބު ހޯދުމުގެ މަސައްކަތް އާއިލާ އިން ފެށިއެވެ. އާއިލާ ހުރިހާ ގެއަކާއި ކައިރިގެތަކުގެ އިތުރުން މުޅި ސަރަހައްދު ބެލި އިރު ވެސް ޒައިނަބުގެ ޚަބަރެއް ނުވިއެވެ. އެހެންކަމުން 21:30 ހާއިރު ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރިއެވެ. ޒައިނަބު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން ގޮސް ކާމިޔާބެއް ނުލިބުމުން ފަތިހު 04:30 ހާއިރު މައްކާގައި ތިބި ޒައިނަބުގެ މަންމަ އާއި ބައްޕަ އަށް އެޚަބަރު ދިނެވެ.

"މިސަރަހައްދުން މީގެ ދުވަސްކޮޅެއް ކުރިން ވެސް އަންހެން ކުއްޖަކު ވަގަށް ނެގުމަށް ފަހު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު. އެހެންކަމުން އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ޒައިނަބު ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިން. ސަރަހައްދުގައި ހުރި މިސްކިތުގެ އަޑުގަދަކުރާ ބޭނުންކޮށްގެން ޒައިނަބު ގެއްލިފައިވާކަން އިއުލާންކޮށް އެސަރަހައްދުގެ އެންމެންގެ އެހީގައި ވެސް ޒައިނަބު ހޯދުމުގެ މަސައްކަތް ކުރަން ފެށިން." ޒައިނަބުގެ ބޮޑުބޭބެއެއް ކަމަށްވާ އަދުނާން ކިޔައިދިނެވެ.

އަދުނާންގެ ބައްޕަ އަކީ ބޭކަރީއެއްގައި މަސައްކަތްކުރާ މީހެކެވެ. ޒައިނަބު ގެއްލުމުން އަދުނާންގެ ބައްޕަގެ ބޭކަރީގެ ބޭރުގައި ހަރުކޮށްފައި ހުރި ކެމެރާ އިން ޒައިނަބު ފެނޭތޯ ބެލިއެވެ. އެކެމެރާ އަށް ޒައިނަބު ބޮޑު ފިރިހެނަކާއި އެކު ހިނގާފައިދާ މަންޒަރު ރެކޯޑް ކުރެވިފައި ހުއްޓެވެ.

"ފޮޓޭޖް ހުރީ ކަޅާއި ހުދުކުލައިން. ނަމަވެސް އަހަރެމެންނަށް އެނގުނު އެއީ ޒައިނަބު ކަން." އަދުނާން ބުންޏެވެ.

ޒައިނަބު ހޯދުމުގެ މަސައްކަތް އާއިލާ އާއި އަވައްޓެރިން ކުރަމުން ގެންދަނިކޮށް މިމަހުގެ ނުވަ ވަނަ ދުވަހު ފެނުނީ ޒައިނަބުގެ ފުރާނަނެތް ހަށިގަނޑެވެ.

ޒައިނަބުގެ ދައްތަ އުމުރުން 16 އަހަރުގެ ލައިބާ ބުނީ ޒައިނަބަކީ އާއިލާ އަށް ވެސް ހާއްސަ، ބަސް އަހާ ކުއްޖެއް ކަމަށާއި ޒައިނަބު ވަކިވެގެން ދިއުމުން ބުނާނެ އެއްވެސް އެއްޗެއް ނޭނގޭ ކަމަށެވެ.

"ޒައިނަބަށް މަންމަ ބަލިވެ އިންއިރު މަންމަ އުޅުނީ ވަރަށް ބަލިވެ. މަންމަ ދެއޮޕަރޭޝަނެެއް ކުރަން ޖެހުނު. ވިހައިގެން 19 ޕޮއިންޓް ލޭ މަންމަގެ ގަޔަށް އަޅަން ޖެހުނު. 16 ދުވަސް ވަންދެން މަންމަ އަށް ޒައިނަބު ނުފެނި އޮތް." ލައިބާ ކިޔައިދިނެވެ.

ލައިބާ ބުނީ ޒައިނަބުގެ ގާތިލުން ހޯދުމަށް ގޮވާލާ ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންދާ މީހުންނާއި ޒައިނަބުގެ ދިފާޢުގައި ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދާ މީހުންނަށް ޝުކުރު އަދާކުރާ ކަމަށާއި ނަމަވެސް އެމީހުންގެ އަޑު މެދުނުކެނޑި އޮންނާނީ ކިހައި ދުވަހަކުތޯ ސުވާލު އުފެދޭ ކަމަށެވެ.

"ކޮއްކޮ އަށް އިންސާފު ނުލިބެނީސް އެއްވެސް މީހެއްގެ އަޑު ކެނޑުމަކީ އަހަރެމެން ބޭނުންވާ ކަމެއް ނޫން. އަހަރެން އެދެނީ މެދުނުކެނޑި ހުރިހާ އެންމެން ވެސް އަޑުއުފުލުމުގައި ދެމިތިބެން" ލައިބާ ބުންޏެވެ.

ADS BY SHEESHA

 

11 ކޮމެންޓް

  1. ޕާކިސްތާން ކުދިން ނަކީ އާންމު ގޮތެއްގައި ވަރަށް ރީތި ކުދިން. ޥަކި ޒައިނަބު ވީމަ އެއްނޫން އެކަން އެހާ ބޮޑުވެގެން އެ އުޅެނީ އެއް. ހައްދުފަހަނަ ޢެޅީމައެވާހަކަ ދައްކާނެ ދޯ. ފިރިހެނަކަށް ޢިހުސާސް ވެސް ނުވާނެ ބޮޑު ސިންގާ ފިރިހެނަކު ކުޑަ ކުޑަ މައުސޫމް ކުއްޖަކު ރޭޕް ކުރާއިރު ވާނެ ގޮތް. ޢެންމެ ކުއްޖެއް ނޫން އެތައް ކުދިން ނެއް. ޜީތި ވާހަކަ ދައްކާއިރު އައިޝާ ބީބީ ގެ ފޮޓޮ ބަލާބަލަ ޖައިނަބައް ވުރެ ހުތުރެއް ނޫން. ލޯބި ލޯބި ކުއްޖެއް އެވެސް. ޜީތި އެ މާތް ﷲ ދެއްވާ ކަމެއް. ޑުނިޔޭގަ ވާ ހުރިހާ އިންސާނުންނަކީ ވެސް ރީތި މީހެއް. ޙިތްތައް ހަމަ ސާފުކުރަންވީ.

  2. މުހައްމަދު އަހްމަދު

    މަޒު އަކީ އެކަހަލަ މީހެއްވީމާ ކަންބޮޑު ވަނީދޯ

  3. ދިވެހިންތައް

    ދިވެހިންނަކީ ކިހިނެއް ވެފަ ތިބޭ ބައެއްތަ؟ ކޮންމެ މީހަކު މެރިޔަސް ވަގުތަށް އެރުވުމަކީ މައްސަލަ އެއްތަ؟ ވަގުތަށް ހަބަރު އަރުވާތީ އަހަރުމެންނަށް އެއްޗިސް އެގެނީ. ދިވެހިންގެ ހުންނަ ބޮޑާކަމެއް ދޯ މިއޮއް.

  4. ތިކުއްޖާގެ ވާހަކަ ތިހާ މައްޗައް ގޮސްގެން ތިއުޅެނީ ތިކުއްޖާ ރީތިވީމަ. ކުޑަކުދިން ފަޅަފަޅާފަ މަރާފަ ތަންތަނައް އުކުމަކީ އިންޑިޔާ، ޕާކިސްތާނު، ބަންގާޅުގައި ކޮންމެ ދުވަހަކު ހިނގާ އާދައިގެން ކަންތައް. ދިވެހިންވެސް ދެން އުކުއްޖާ ރީތިވެފަ، ވަކި ގައުމެއްގެ، ވަކި ދީނެއްގެ ކުއްޖެއްވީމަ އުޅޭފާޑެއްދޯ. ފުރަތަމަ ކަލޭމެން ކަލޭމެންގެ އަމިއްލަ ދަރިންނައް ހެޔޮކޮއްހިތާ، ރަގަޅައް ކާންދީ، ރަގަޅު ތައުލީމު އުގަންނާދީބަލަ. މާދުރު ގައުމެއްގެ ރީތިކުއްޖެއް މަރާލީމަ، އެކަމާ ރަންބުއްދި އަރައިގެން ނޫޅެ.

  5. ދިވެހިންގެ ތެރޭން މީހަކު މަރާލިޔަސް ވަގުތަށް
    ޢަރާނެ. ވަކި މީހެއްވީމައެއް ނޫން. ތިކަހަލަ ނުވިސްނޭ މީހުން އުޅޭތީ މުޅި ގައުމު މި ހަލާކު ވަނީ

  6. ޒައިނަބު މަރާލުމުން ވަގުތަށް މި އެރި ވަރެއް ދޯ؟ ދިވެހި އެތައް ޒުވާނެއް ކަތިލި އިރު ވަގުތުން މި ވަރެއް ނާރުވާ..

    • ކަލޭގެ ހިތް އެބައޮތްތަ؟

    • މުސްލިމް ކުޑަ ކުއްޖަކަށް އެވަރު ކޮށްލާފަ އޮއްދަ ފެނުނީމަވެސް ތިހުރީ ބުނާއެއްޗެހި، ސޯސިޔަލް މީޑިޔާ ތަކުން ހަބަރުތައް ނުގެނެސްދޭ ނަމަ ދެންތިބޭ މީހުންނަށް ނޭގޭނެ ދޯ.

      ހަމަ ހިތެއް ވެސް ނޯންނަނީ، އެއީ ތިމާގެ ދަރިޔަކު ނުވަތަ ކޮއްކޮ އަކަށް ވީނަމަ މިޔަދު ތިހެން ނުބުނީސް.

      ﷲ ޒައިންބުއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ މިފަދަ މީހުންގެ ކިބައިން އަޅަމެން ރައްކާތެރި ކުރައްވާށި