މުސްލިމުންގެ މެޖޯރިޓީ އޮންނަ ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުނު ރިޔާސީ ޤަރާރަށް އެމެރިކާގެ ސުޕްރީމް ކޯޓުން ތާއިދު ކޮށްފިއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ 9 ފަނޑިޔާރުންގެ ތެރެއިން 5 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިރޭ އިއްވި ޙުކުމުގައި ބުނީ ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކޮށް ޓްރަމްޕް ނެރުނު ޤަރާރަކީ އެމެރިކާގެ އިމިގްރޭޝަނާއި ބެހޭ ޤާނޫނުގެ ދަށުން ރައީސް އަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ދަށުން ނެރެފައިވާ ޤަރާރެއް ކަމަށެވެ.

ޓްރަމްޕްގެ ޤަރާރު ޤާނޫނުތަކާއި ޤާނޫނު އަސާސީ އާއި ހިލާފު ކަމަށް ހަތަރު ފަނޑިޔާރުން ނިންމެވިއެވެ. ނަމަވެސް އަޣުލަބިއްޔަތު ލިބުނީ ޓްރަމްޕްގެ ޤަރާރާއި އެއްކޮޅަށެވެ.

ޓްރަމްޕް ނެރެފައިވާ ރިޔާސީ ޤަރާރުގެ ސަބަބުން އިރާން، ލީބިއާ، ސޯމާލިއާ، ސީރިއާ އަދި ޔަމަން މީހުންނަށް އެމެރިކާ އަށް އެތެރެއެއް ނުވެވޭނެއެވެ. އެހެންކަމުން މިއީ މުސްލިމުންނާއި ދެކޮޅަށް އެޅި ތަފާތު ކުރުމުގެ ފިޔަވަޅެއް ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމާޢަތްތަކުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. ފާޑުކިޔުންތަކާއި ގުޅިގެން ޓްރަމްޕް ވަނީ އުތުރު ކޮރެއާ އާއި ވެނެޒުއޭލާ މީހުން ވެސް އެމެރިކާ އަށް އެތެވުން މަނާކޮށް ޤަރާރަށް ބައެއް އިތުރުކޮށްފައެވެ.

ޓްރަމްޕް އާއި އެއްކޮޅަށް ސުޕްރީމް ކޯޓުން އިއްވި ޙުކުމަށް ތާއިދު ކުރި ފަނޑިޔާރުންގެ ތެރޭގައި ޓްރަމްްޕް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ސުޕްރީމް ކޯޓަށް އައްޔަން ކުރި ފަނޑިޔާރަކު ވެސް ހިމެނެއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ޙުކުމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ގިނަ ޖަމާޢަތްތަކުން ވަނީ ސުޕްރީމް ކޯޓުގެ ޙުކުމަށް ބަދަލު ގެނެވޭނެ ޤާނޫނީ ހައްލެއް ހޯދާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޘނސނ

  ޓްރަމްޕު ލާރި ދީގެން ނެރުނު ހުކުމެއް ތީ

 2. Anonymous

  ބަރާބަރު. ޗަސްލިމުން ތިބޭ ރަށުގަ ބޮންގޮއްވަން

  • މީ

   މުސްލިމުން ނަކީ މުސްލިމުން ހަމަ އެމެރިކާ އަށް ވަދެވުނަސް ނުވަދެވުނަސް.. މާތްﷲ ދެއްވަވާ އަޒާބުން ނުރެކެވޭނެ.. އިސްލާމްދީނާ މުސްލިމުންނާ ދެކޮޅުވީވަރަކަށް ހުރިހާ ގެއްލުމާ ހަލާކު އެބަޔަކަށް.. ހިހިހީ

 3. ބިލް ކްލިންޓަން

  އަހަރެމެން އަމުދަަކުން ނުތެޅެން ތިތާތެރެއަށް

  ވަންނާކަށެއް. ސުވަރުގެ ތަ ތީ ނުވަދެވިގެން

  ތެޅެން