މުނިފޫހި ފިލުވާ އިންޑިޔާގެ ވިޔަފާރިއާއި އިގްތިސާދުގެ މައި މަރުކަޒު މުމްބާއީއަށް ކުރަމުންދާ ވިއްސާރަިގެ ސަބަބުން މިހާތަނަށް 4 މީހަކު މަރުވެ އެތަށް ބަޔަކު ޒަހަމްތަކެއް ވެއްޖެއެވެ.

ބޮޑަށް ފެނުގެ އަސަރު ކުރާ ހިސާބު ތަކުން މީހުން ހުސްކޮށްފައިވާއިރު މި ވިއްސާރައިގެ ސަބަބުން މުމްބާއީގެ މުޅި މަގުމަތި ވަނީ ފެންބޮޑުވެ އެތަށް އުޅަނޑުތަކަކަށްވެސް ގެއްލުންވެފައެވެ. ފެންބޮޑުވެ އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ.

ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި 13 އަހަރުގެ ކުޑަ ކުއްޖެވެސް ހިމެނެއެވެ. މީގެ އިިތުރުން 15 އަހަރު ކުއްޖެއް ބޮޑު ވަޅުގަނޑަކަށް ވެއްޓިގެންވެސް މަރުވިއެވެ. އަދި ގަހެއް ވެއްޓުމުގެ ސަބަބުން އެތައް ބައެއް ޒަހަމްވިއެވެ.

ވިއްސާރަ ހުއްޓާނުލާ 24 ގަޑިއިރު ކުރަމުންދާއިރު މޫސުމާބެހޭ އިދާރާއިން ބުނަމުންދަނީ ކުރިއަށް އޮތް ދުވަސް ތަކުގައިވެސް މިވިއްސާރަ މެދުނުކެނޑި ކުރާނެ ކަމަށެވެ. ވިއްސާރައިގެ ސަބަބުން ރޭލު ދަތުރު ތަކާއި ބައެއް ފްލައިޓްތަށް ވަނީ ކެންސަލް ކޮއްފައެވެ.

އާދަޔާޚިލާފަށް ހޫނުގަދަ ދުވަސްތަކަކަށް ފަހު އިންޑިއާ އަށް ވިއްސާރަ ކުރަންފަށާފައިވާ އިރު ހަރިޔާނާ، އުއްތުރަ ޕަރަދޭޝް އަދި ދިއްލީއަށް ވަނީ އިއްޔެއާއި އޭގެ ކުރީ ދުވަހު ވާރޭވެހިފަ އެވެ.

މިވިއްސާރައިގެ އަސަރު ވަނީ އިންޑިއާގެ ކޮލްކަޓާއަށްވެސް ކޮށްފައިއެވެ. އަދި މީގެ އިތުރުން ގުޖުރާތުގެ އަހުމަދްއާބާދް އަށް ކުރި ވިއްސާރައިގައި އެހިސާބުގަނޑު ވަނީ އެއްކޮށް ފެންބޮޑުވެފައިއެވެ. ކުރިޔަށް އޮއިތް ދުވަސްތަކުގައި ބޯކޮށް ވިސާރަކުރާނެކަމަށް މޫސުމާބެހޭ ފަރާތްތަކުން ބުނެއެވެ.

2008 ވަނަ އަހަރުވެސް ބުމްބާއީ އަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ. އެފަހަރު މުމްބާއީ އެކޮށް ފެނުގެ އަޑިއަށް ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮއްބެ

    ރޭޕިސްޓްތާނަށް ތިހުރިހާ ކަމެއްވެސް ވާނެ