އަފްޣާނިސްތާންގައި އެމެރިކާއަށް ކުރިމަތިވި ބޮޑު ނާކާމިޔާބުގެ ސަބަބުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަގުތުން އެމެރިކާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް ނެރުނު ބަޔާނެއްގައި ބުނީ ބައިޑެންގެ ނިންމުމުގެ ސަބަބުން އެމެރިކާ ސިފައިންނަށް ކުރިމަތިވެފައި ވަނީ ލަދުގަންނަން ޖެހޭ ފަދަ ބޮޑު ނާކާމިޔާބަކާއިއެވެ. އެމެރިކާ ސިފައިން ލަދުގަންނަވާލާފައި ވާތީ އެއީ ވެސް ބައިޑެން ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ބުނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ އަފްޣާނިސްތާންގެ ހާލަތު ރަނގަޅަށް ވަޒަން ނުކޮށް ކަމަށެވެ. "އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަކީ އެއަށްވުރެ މާފުރިހަމަ އަށް ކުރެވޭނެ ކަމެއް." ޓްރަމްޕް ބުންޏެވެ.

ބައިޑެންގެ އިސްތިއުފާއަށް ޓްރަމްޕް ގޮވާލާފައި މިވަނީ އެމެރިކާ ސިފައިން ބޭލުމުގެ ގިނަ މަސައްކަތްތައް ފެށީ ޓްރަމްޕް ކަމަށް ބައިޑެން މިދިޔަ ހޮނިހިރު ދުވަހު ބުނެފައި ވަނިކޮށެވެ. ބައިޑެން ބުނީ ޠާލިބާނުން އެންމެ ބޮޑަށް ވަރުގަދަވެ އަނެއްކާވެސް އެޖަމާއަތް އެކުލަވާލެވިފައި ވަނީ ޓްރަމްޕްގެ ވެރިކަމުގައި ކަމަށެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް އެންމެ ފުރަތަމަ ވައުދުވީ ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަކީ އޮބާމާގެ ރިޔާސީ ވައުދެއް ނަމަވެސް 2009 ވަނަ އަހަރު ވެރިކަމަށް އައިސް ދެދައުރު ނިންމާލިއިރު ވެސް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލާފައެއް ނުވެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި ވަނީ އަފްޣާނިސްތާންގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައެވެ. ޓްރަމްޕްގެ ސިޔާސަތަކަށް ވެފައި އޮތީ އަފްޣާނިސްތާން ސިފައިން ތަމްރީން ކުރުމަށް މަދުއަދަދެއްގެ ސިފައިން އަފްޣާނިސްތާންގައި މަޑުކުރުމަށް ފަހު ދެން ތިބި ސިފައިން އަނބުރާ ގައުމަށް ގެންދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮލި

  ބަލަ ކަލޭއަށް ވީ ކޮންކަމެއް ތަ ؟

  13
 2. ތުއްތުނާ

  ބައިޑަންހެދީ ރަނގަޅަށް ..
  ސަތޭކައަހަ ރުވަންދެން ލައްކައިން ސިފައިންބޭތިއްބިއަސް ވާނެފައިދާއެއް ނެތްކަންއެނގޭތީ ސިފައިންބޭލީ ..
  ދަ ރިފުޅުމެން ޅަވާނެ !!!

 3. ޜަނާ

  ޢެމެ ރިކާ ބަލިވީކީ ނޫނެއްނު. ބައިޑްން ކަލޭމެންގެ ސިފައިން ބޭލީނު. އެމެ ރިކާ ސިފަޢިން ފޭބީމަ ތާލިބާނުން ނަށް ގަދަކަން ލިބުނީ. ވާނުވާ ނުބަލާ ގޮލަ ޔެއް ވެ ރިކަމާ ހެދި ބޫތު ކައިފަ. މި ރާއްޖޭގަވެސް އުޅޭ ތިޔަކަހަލަ ގޮލައެއް